ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސަގެ ރައްދު ނަޝީދަށް: ރައީސް ސޯލިހު ހަވަރަށްދިނުމަށް ކުރާ މަސައްކަތަށް ޖާގައެއް ނުދެވޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ވައްޓާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވަރަށްދިނުމަށް ކުރާ މަސައްކަތަށް ޖާގައެއް ނުދެވޭނެ ކަމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ނަފުރަތުގެ ބިލު ފާސްކުރުމަށް ސަރުކާރުން ފަސްޖެހި އެބިލު ފާސްކުރުމުގެ ހިތްވަރު ނެތްނަމަ ސަރުކާރަށް ތާއީދު ނެތްކަމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ބަހަނާއެއް ހުއްޖަތެއް ދައްކާފައި ދެވަނަ ފަހަރަށް އެމްޑީޕީއަަށް ލިބިފައިވާވެރިކަން ބަޣާވާތްކޮށް ވައްޓާލާ ރައީސް ސޯލިހު ހަވަރަށްދިނުމަށް ކުރާ މަސައްކަތަށް ޖާގައެއް ނުދެވޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ނަފްރަތުގެ ބިލަކީ ރާއްޖޭގައި މީހުންނާމެދު ދީނީގޮތުން ނަފްރަތު އުފެއްދުމުގެ ސަބަބުން ދޭ ހަމަލާތަކަށް ނިމުމެއް ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލެއްކަމަށެވެ.

އެހެންނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުޑަ އަދާލަތު ޕާޓީގެ ނުފޫޒުން ސަރުކާރުން އެ ބިލަށް ކުރި ތާއީދު ގެންގޮސްފައިވާކަމަށާއި، އަދި އަދާލަތު ޕާޓީން ރައީސް ސޯލިހްގެ އެފަދަ އެތައް ނިންމުމަކަށް ނުފޫޒު ފޯރުވާއިރު އެގޮތަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ރައީސް ސޯލިހް ދެއްވަމުން އަންނަކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު އިދިކޮޅު ޕީޕީއެމާއެކު ކޯލިޝަނެއް ހަދަން ވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވައިފަ އެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: