ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

25 މީހުންނާއެކު މާލެއަށް ދަތުރުކުރި ލޯންޗެއްގައި ރޯވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ފަންސަވީސް މީހުންނާއެކު އއ.ރަސްދޫން މާލެއަށް ދަތުރުކުރި ލޯންޗެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 18:45 ހާއިރު ކަމަށާއި ރޯވީ ލޯންޗުގެ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނުގައި ކަމަށެވެ.

ލޯންޗުގެ އިންޖީނުގައި ރޯވިއިރު، އޭގައި ތިބީ 23 ޕަސިންޖަރުންނާއި ތިން ފަޅުވެރިން ކަމަށް ވެސް މޭޖަރ އާޒިމް ވިދާޅުވިއެވެ.

ހާދިސާ ހިނގައިފައިވަނީ ރަސްދޫން މާލެއަށް ދަތުރުކުރި “ނަވި2” ނަމަކަށް ކިޔައި ލޯންޗެއްގައެވެ. އެ ލޯންޗުގެ ވެރިފަރާތުން ހަމަޖެއްސި “ނަވި4” ނަމަކަަށް ކިޔައި ލޯންޗުގައި ހުރިހާ ޕަސިންޖަރުން އަނބުރާ ރަސްދޫއަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: