ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަމަހު މަޖިލީހުގެ ޖަލްސާތައް ފަށާނީ ހެނދުނު 10:30ގައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ރަމަޟާން މަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނީ ހެނދުނު 10:30 އިން މެންދުރު ފަހު 02:00 އަށްކަމަށް ކަނޑައަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖީލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިއަދުގެ ޖަލްސާއަކީ ރަމަޟާން މަހުގެ ކުރިން ބާއްވާ ފަހު ޖަލްސާކަމަށެވެ.

ނަޝީދު ވިދާޅުވީ ރަމަޟާން މަހު ވެސް ޖަލްސާތައް އޮންނާނެކަމަށާއި، އެގޮތުން ފުރަތަމަ ދަންފަޅި ކުރިއަށްދާނީ ހެނދުނު 10:30އިން މެންދުރު 12:00އަށް ކަމަށެވެ. އެއަށްފަހު އެއްގަޑިއިރުގެ ހުސްވަގުތަށްފަހު މެންދުރު ފަހު 01:00 އިން 02:00އަށް ޖަލްސާ ކުރިއަށްދާނެކަން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާގެ ގަޑި އެގޮތަށް ކަނޑައެޅިފައިވީނަމަވެސް، މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް އެކި ގަޑިތަކުގައި ކުރިއަށްދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: