ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ ޝަމީމްގެ މައްޗަށް ދައުވާކޮށްދިނުން އެދި އޭސީސީއަށް ހުށަހަޅައިފި

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރު ކޮރަޕްޝަންގެ އަމަލުތައް ތަހްގީގު ކުރުމަށްފަހު އެމައްސަލައިގައި ދައުވާ ކޮށްދިނުމަށް ތަކުރާރުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދުމުން ވެސް ދައުވާ ކޮށްފައި ނުވާތީ އާއްމު ފަރާތަކުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ މައްސަލައެއް އޭސީސީ އަށް ހުށަހަޅައިފިއެވެ.

އާއްމު ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ވެންޓިލޭޓަރު މައްސަލައިގައި ޝަމީމް ދައުވާ އުފުލާފައި ނުވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ކަމަށެވެ.

އެހެންކަމުން ދައުލަތުގެ މަގާމެއްގައި ހުރެ މަގާމުގެ ހައިސިއްޔަތު ބޭނުން ކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން އުޅޭ މައްސަލައިގައި ޕީޖީ ޝަމީމްގެ މައްސަލަ ބައްލަވައި ދެއްވާ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީއަށް އާއްމު ފަރާތަކުން ހުށަހެޅި މައްސަލައިގައި އެދިފައި ވެއެވެ.

ވެންޓިލޭޓަރު މައްސަލަ ފުރަތަމަ ތަހްގީގު ކުރުމަށްފަހު ދައުވާ ކޮށްދިނުމަށް އެދުމުން ޝަމީމް ނިންމެވީ އެމައްސަލައިގައި ބައެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާވަރަށް ހެކި ނެތް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: