ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒައިދު، އެމްޑީޕީއަށް: ބިރަކާނުލާ މަޖާކުރާކަށް ތާއީދެއްނެތް!

ޝެއިޙު އަލީ ޒައިދު..... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިރަކާނުލާ މަޖާކުރާކަށް ދިވެހިންގެ ތާއީދެއްނެތް ކަމަށް ވިދާޅުވެ ދީނީ އިލްމުވެރިޔާ އަލީ ޒައިދު އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީއިން ވާދަކުރެއްވި ކެންޑިޑޭޓް އަނަސް އަބްދުއްސަތާރު ބަލިކޮށް އެ މަގާމަށް އިންތިހާބުވީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ. މީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ވަނީ އެމްޑީޕީއަށް ގެއްލިފައެވެ.

މިކަމާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިރަކާނުލާ މަޖާކުރާކަށް ތާއީދެއްނެތް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ އަނެއް 18 ގޮނޑި އަށް ބަލާއިރު 9 ގޮނޑި ޕީޕީއެމް އަށް މިހާރު ވަނީ ކަށަވަރުވެފައެވެ. އެމްޑީޕީ އަށް ކަށަވަރުވެފައިވަނީ ހަތް ގޮނޑިއެވެ.

މިއީ ފާއިތުވި 11 އަހަރުތެރޭ އެމްޑީޕީ އަށް މާލެ އިން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ.

މާލޭގެ އިތުރުން ދެން އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީ ކައުންސިލްގެ ސުޕަރ މެޖޯރިޓީ ވެސް އެމްޑީޕީ އަށް މިހާރު ވަނީ ގެއްލިފައެވެ. އެގޮތުން މޭޔަރުގެ މަގާމު އެމްޑީޕީގެ އަލީ ނިޒާރު ކާމިޔާބު ކުރެއްވިއިރު، ކައުންސިލްގެ 12 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ލިބުނީ ހަ ގޮނޑި އެވެ. ޕީޕީއެމްއިން ތިން ގޮނޑި ހޯދިއިރު އަމިއްލަ ތިން ކެންޑިޑޭޓަކު ވެސް އިންތިހާބުވެފަ އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: