ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ނާކާމިޔަަބުވި ދާއިރާތަކުން ކުރަންޖެހޭ މަސައްކަތް ދެނެގަންނާނަން: ހަސަން ލަތީފް

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ނުވި ދާއިރާތަކުން އިތުރަށް ކުރަންޖެހޭ މަސައްކަތް ދެނެގަންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބީ އަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. ހާއްސަކޮށް މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ.

އެކަމާގުޅިގެން ކުރެއްވި ޓްވީޓެއްގައި ހަސަން ލަތީފް ވަނީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރި އެ ޕާޓީގެ ކެނޑިޑޭޓުންނަށް މަރުހަބާ ކިޔާފައެެވެ.

ހަސަން ލަތީފް ވިދާޅުވެފައިވަނީ އެމްޑީޕީއަށް ކާމިޔާބު ނުވި ދާއިރާތަކާއި އިތުރަށް ކުރަންޖެހޭ މަސައްކަތް ޕާޓީން ދެނެގަނެ އެ މަސައްކަތް ކުރާނެކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީގެ 18 ދާއިރާއެއްގެ ވޯޓުލުން އިއްޔެ ކުރިއަށް ގޮސްފައި ވާއިރު، އޭގެ ތެރެއިން އެމްޑީޕީއަށް ލިބުނީ އެންމެ ހަތް ގޮނޑިއެވެ. ބާކީ 11 ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް އިންނެވެ. އަދި މާލޭ ސިޓީ މޭޔަރުކަންވެސް ނަގާފައިވަނީ ބޮޑުތަފާތަކުން ޕީޕީއެމްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: