ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރަކަށް އަޅުގަނޑާއި ރައީސް ނަޝީދުގެ ދޭތެރެއަކަށް ނުވަދެވޭނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ވެންޓިލޭޓަރަކަށް އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދޭތެރެއަކަށް ނުވަދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލާގައި ސަރުކާރުން އަމަލުކުރިގޮތާއިމެދު ހިތްހަމަނުޖެހުންތަކެއް ހުރިކަމަށް ވިދާޅުވެ، ރައީސް ނަޝީދު އިއްޔެ މީޑިއާގައި ދެއްކެވި ވާހަކަފުޅާއި ގުޅުވައި ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ.

ނަޝީދުގެ ވާހަކައާއި ގުޅުވައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް މިއަދު ވިދާޅުވީ ދެ ބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް ޤައުމަށާއި، ޕާޓީއަށާއި، ރައްޔިތުންނަށް ދެރަވާގޮތަށް އެއްވެސްކަމެއް ނުކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވެ، ރައީސް ސޯލިހް ވިދާޅުވީ ބައެއް މައްސަލަތަކުގައި ދެ ބޭފުޅުންގެ މެދުގައި އަބަދުވެސް ހިޔާލު ތަފާތުވުންތަކެއް ހުންނާނެކަމަށެވެ.

“ވެންޓިލޭޓަރަކަށް ނުވަދެވޭނެ އަޅުގަނޑުމެން ދެ މީހުން ދޭތެރެއަކަށެއް” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ހިޔާލު ތަފާތުވުންތައް ހުންނަ ޕާޓީއެއް ކަމަށެވެ. އަދި އެކަމުގައި ރައްޔިތަކަށް ގެއްލުމެއް ނުލިބޭނެކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: