ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ޕާޓީގެ ކައުންސިލެއް އޮތް ނަމަވެސް ބާރުތައް ފުރުހަމައަށް ދޭނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ޕާޓީއެއްގެ އަގުލަބިއްޔަތު އޮތް ނަމަވެސް މި ސަރުކާރުން ކައުންސިލްތަކަށް ބާރު ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވީ

ނަތީޖާއާ މެދު ވިސްނާލަަންޖެހޭ ކަމަށެވެ. ހާއްސަކޮށް އެހެން ދިމާވީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އެ ކަންކަން ބަލައި ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

“މާލޭ ސިޓީގައި ހުރި މައްސަލަތައް އަޅުގަނޑުމެންނަށް އެނގޭ. އެންމެ ބޮޑު ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ. އެކަމަށް އަޅުގަނޑުމެންގެ އަމާޒެއް އޮތް ކަން ކެމްޕޭންގެ ވައުދުތަކުން އެނގޭނެ. އެކަމަކު ރައްޔިތުންގެ ކަންބޮޑުވުން ހުރީ އަޅުގަނޑުމެން ވިސްނިވަރަށް ވުރެ ވެސް މާބޮޑަށް. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ތަސައްވުރެއް. މި ސަރުކާރުން ކައުންސިލްތަކަށް ބާރު ދޭނެ ކޮންމެ ޕާޓީއަކަށް އަގުލަބިއްޔަތު އޮތް ނަމަވެސް. ކޮންް ޕާޓީއެއްތޯ އެއް އަޅުގަނޑުމެންނެއް ނުބަލާނަން. ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ސަރުކާރަށް ދެވެން އޮތް އެއްބާރުލުމެއް ދޭނަން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޯހިޔާހިކަމުގެ ކަންކަމަކީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމެއް ކަމަށާއި، އަދި ކޮވިޑްގެ ސަބަބުން އެޅި ފިޔަވަޅު ތަކުގެ ކަންބޮޑުވުންވެސް އެބަ އޮތްކަމަށެވެ. އޭގެއިތުރުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ ބެލުމާއި މަރުގެ މައްސަލަތައް ބެލުމުގައި ހުރި ލަސްތަކުގެ ކަންބޮޑުވުންވެސް ހުރިކަމަށް ވިދާޅުވިއެވެ.

އަދި މަޖިލީހުގެ ތެރޭގައި މައްސަލައެއް ހުރިތޯވެސް ބަލާނެ ކަމަށާއި، މައްސަލައެއް އުޅޭނަމަ އެކަންކަން ހައްލު ކުރާނެ ކަމަށް ރައިސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: