ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުގެ މެދުން ބޭއްވުނު އިންތިހާބުގައި ލިބުނު ކާމިޔާބީއާ މެދު ހިތްހަމަޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް: އެމަނިކުފާނު ވަނީ މިރޭ ގައުމާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވާފައި/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރުގެ މެދުން ބޭއްވުނު އިންތިހާބަކާއި އަޅައި ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އިން ހޯދި ކާމިޔާބީއާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ މިހާތަނަށް ގުނި ވޯޓުގެއަދަދަށް ބަލާއިރު 43 ޕަސެންޓް ސީޓް ކާމިޔާބު ކުރެވިއްޖެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ 92 ޕަސެންޓް ވޯޓު ގުނި އިރު އޭގެ ތެރެއިން 49 ޕަސެންޓް އެމްޑީޕީއަށް މިހާރު ކާމިޔާބު ކުރެވިފައިވާ ކަމަށެވެ.

އެހެން ކަމުން ދައުރުގެ މެދުތެރޭގައި ބޭއްވި އިންތިހާބެއްގައި މިއީލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިވަރުގެ ކާމިޔާބެއް އެއްވެސް ސަރުކާރަކަށް ލިބިފަނުވާކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަށް ނާކާމިޔާބުވެފައިވަނީ މާލޭ ސިޓީ ކައުންސިލް ކަމަށެވެ. އެހެން ކަމުން މާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ވޯޓުގެ ނަތީޖާ އިން އެނގިވަޑައިގެންފައިވާ ކަމަށާއި އެކަންކަމަށް ކުރިއަށް އޮތްތާނގައި ސަމާލުކަން ދީ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މާލޭ ރައްޔިތުންގެ ވޯޓު ނުލިބުނު މައިގަނޑު ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވީ، ގެދޮރުގެ މައްސަލަ، ގެއްލުވާލާފައިވާ މީހުން ހޯދުމުގައި ލަސްވުން، ކޯވިޑާއި ގުޅިގެން މާލޭގައި އެޅި ފިޔަވަޅުތަކާއި ގުޅިގެން ރައްޔިތުން ހިތްހަމަ ނުޖެހުން ހިމެނޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: