ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ދެރަ ގޮތެއް ނުވާނެ: ރައީސް

ރައީސް ޔާމީންގެ މެޑިކަލް ޗެކަޕަށްފަހު، އަނެއްކާވެސް މާލޭ ޖަލަށް- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލު ހުކުމެއް ތަންފީޒު ކުރައްވަންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލުޔެއް ހޯދަދިނުމާއި ގުޅޭގޮތުން މުއައްސަސާތަކާއި އެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ރަިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންގެ ސިޓީއެެއް ލިބިފައިވާކަމަށެވެ. އެ ސިޓީގައި އެމަނިކުފާނުގެ ޞިއްޚި ހާލަތު ހުރިގޮތުން ރަމަޟާންމަހުގެ ގެއަށް ބަދަލުކުރުމަށް އެދިފައިވާކަމަށެވެ. އަދި މިހާރު ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރައްވަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

“މެޑަމް ފާތުންގެ ސިޓީއެއް ލިބިފައި އެބައޮތް އަޅުގަނޑަށް. އަދި ހަތަރު ވަރަކަށް ދުވަސްކުރިން އަޅުގަނޑަށް ޕީޕީއެމް ލިޑަޝިޕްގެ ބައެއް ބޭފުޅުންނާ ވާހަކަ ދެއްކިން. އެ ބޭފުޅުންގެ ކަންބޮޑުވުމަކީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުން. ކަމާ ބެހޭ ފަރާތްތަކާ އަޅުގަނޑު ވާހަކަ ދައްކަމުން މިދަނީ. އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށް ދެރަ ގޮތެއް ނުވާނެ.” ރައީސް ވިދާޅުވިއެވެ.

އާއިލާއިން ޔާމީންގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރެއްވި ނަމަވެސް، އެއްވެސް ސިއްހީ މައްސަލައެއް ހުރި ކަމަށް  ޔާމީން އެއްބަސްވެވަޑައިނުގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: