ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓުލާން އާއްމުން ނުނިކުތީ ޔާމީން މިނިވަން ކުރަން ބަޔަކު ގޮވަތީ: އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން ވޯޓު ލާން ނުނިކުތީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ކަމަށް ވިދާޅުވެ، ބައެއް ސަބަބުތައް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ކިޔައި ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އާޒިމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި މީގެކުރިން އިދިކޮޅު ޕީޕީއެމްއަށް ނުލިބޭ ވަރެއްގެ ކާމިޔާބީއެއް ލިބިފައިވާތީ އެ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ނިމިދިޔަ އިންތިހާބަކީ އެމްޑީޕީއަށް ގެއްލިގެންދިޔަ އިމްތިހާނެއްކަމަށް ނުބުނެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 38 އަހަރުގައި އައި ސަރުކާރުތަކުގެ ސަބަބުން ރައްޔިތުން ތިބީ ކަސްތޮޅުއެޅިފަ އެވެ. އަދި މިނިވަންކަމެއް ލިބުމާއިއެކު ރައްޔިތުން އެންމެ ބޭނުންވާނީ އަވަހަށް ކަންކަން ފުރިހަމަވުން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުން ވޯޓްލާން ނުނިކުތް އެންމެބޮޑު އެއްސަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް މިނިވަން ކުރަން ވާހަކަ ދައްކާތީ އެކަމާ ކަނަބޮޑުވެގެން ކަމަށް އާޒިމް ވިދާޅުވިއެވެ.

މިއާއިއެކު އާޒިމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ދަނީ ވައްކަން ކުރަމުންކަމަށެވެެ. މި ސަރުކާރަކީ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރި ފަރާތްތަކާއި މެދުގައި ފިޔަވަޅުއަޅަން އައި ސަރުކާރަކަށްވާއިރު، އެކަންކަން ލަސްވާތީ ރައްޔިތުންގެ ކަންބޮޑުވުން ހުރިކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފެންނަމުން ދަނީ ލިބުނު ކާމީޔާބީއަށް އިދިކޮޅުން ބޮޑާވާ މަންޒަރު ކަމަށެވެ. ރައީސް ސޯލިހުގެ ސަރުކާރަށް މިވީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ކަންކަން ނުވެގެން ކަންބޮޑުވާންޖެހޭ ހިސާބަށް އަދި ނުދާކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަތައްކަން ފާހަގަކޮށް އާޒިމް ވަނީ، 38 އަހަރުވެފައިވާ މި މައްސަލައަށް ހައްލު ގެނެސްދޭނީ އެމްޑީޕީންކަމަށް ވިދާޅުވެފަ އެވެ.

 

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: