ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ޑޯޒަށްފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު...
ޝެއާރކޮށްލާ ކަހަލަދޯ؟

ދެވަނަ ޑޯޒަށްފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވްވި މުޅި މާލެ ލޮކްޑައުނަށް ދިޔަތާ އެއް އަހަރު ފުރޭ ދުވަސް ކަމަށެވެ. އަދި ދިރިއުޅުމުގެ ކަންކަން އާންމު ހާލަތަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ދެވަނަ ޑޯޒު ޖެހިތާ ދެ ހަފްތާ ވުމަށްފަހު އަތޮޅު ތެރެއަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާ އުފާވެރި ހަބަރު ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަހަރު ފެށުނީއްސުރެ ކޮވިޑް ކޭސްތައް ވަރަށް ބޮޑުތަނުން އިތުރުވުމަށް ފަހު މިދިޔަ ތިން ދުވަހު ކޮވިޑް ނަންބަރު ވަނީ ދަށަށްދާން ފަށާފައެވެ. ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 25،844 އަށް އަރާފަ އެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިން ކަމަށްވާއިރު، ދެވަނަ ޑޯޒް ދެނީ ކޮވިޝީލްޑް ޖެހި މީހުންނަށެވެ. އޭގެ ފަހުން މިހާރު ޖަހަމުން ދަނީ ޗައިނާގެ ސިނަފޯމް ވެކްސިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: