ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާއިލާގެ އާއިލާ އަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ނާއިލާ އިބްރާހިމް ކަލޭފާނު މިއަދު އަވަހާރަވުމާ ގުޅިގެން، އޭނާގެ އާއިލާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ދަރީންނަށް ތަޢުލީމާއި ތަރުބިއްޔަތު ދެއްވުމުގައި ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތްތަކެއް ކުރެއްވި ނާއިލާ އަވަހާރަވުމުގެ ހިތާމާގައި މަރްޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

“ﷲ މަރްޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި” ރައީސް ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ނާއިލާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު ނާއިލާގެ އުމުރުފުޅަކީ 72 އަހަރެވެ. ނާއިލާ ވަނީ ތައުލީމީ ދާއިރާ އަށް 25 އަހަރު ހިދުމަތް ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: