ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ހައްޔަރުގައި ހުރި އަންހެނަކަށް އަނިޔާކުރި ކަމަށް އާދަމް ޝަރީފް ތުހުމަތުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ހައްޔަރުގައި ހުރި އަންހެނަކަށް އަނިޔާކޮށްފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ތުހުމަތު ކުރައްވައިފިއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ހައްޔަރުގައި ހުރި އަންހެނަކަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އޭނާ ވަނީ އެ އަންހެން މީހާގެ އަތުގެ އެކްސްރޭގެ ފޮޓޯތައް ވެސް ޓްވީޓު ކުރައްވާފައެވެ. އަދި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިކަން ރައްޔިތުންގެ މަޖިލީހަށާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގެ އިތުރުން ޓެރަރިޒަމްގެ ތުހުމަތުގައި ބަންދުކޮށްފައިވާ ތ. ތިމަރަފުށީ އަސްރަފީވިލާ އަހުސަން މުހައްމަދަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެއް ވެސް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: