ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދާ އެންމެ ގުޅެނީ މަގުމަތީގައި ސަކަރާތް ޖަހައި މުޒާހަރާ ކުރުން: އިޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި އެންމެ ގުޅެނީ މަގުމަތީގައި ސަކަރާތް ޖަހައި މުޒާހަރާ ކުރުން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންވެ ވަޑައިގަންނަވާކަމަށް ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާ ބޭނުންވާހާ ގޮތެއް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ ކަމަށާއި ކޮންމެ މީހަކު ވެސް ކުރިމަތިލާން ވާނީ އެމީހަކަށް ކުރެވޭ ވަރުގެ ކަމަކާއި ކަމަށެވެ.

“ނަޝީދާއި އެންމެ ގުޅެނީ މަގުމަތީ ސަކަރާތް ޖަހައި، މުޒާހަރާ ކުރުން” އިޔާޒު ވިދާޅުވިއެވެ.

އިއްޔެ ރައީސަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާތައް ކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދު ބައެއް ހުށަހެޅުއްވުންތައްވެސް ރައީސް ސޯލިހަށް ހުށަހަޅުއްވާފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބޭއްވުމަށް އެމަނިކުފާނު ހުށަހެޅުއްވި އެވެ. އަދި އަންނަ އަހަރު ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ހުށަހަޅުއްވާފައިވެއެވެ.

އެއަށްފަހު ސަރުކާރު އުވާލެއްވުމަށް ރައީސް ނަޝީދުގެ މެސެޖުގައި ހުށަހަޅުއްވާފައިވެއެވެ.

ރައީސް ނަޝީދު ވަނީ މަޖިލީހުގެ މަސައްކަތްތައް އެ ހިދުން ކުރިއަށްގެންދިއުމަށްވެސް ބައެއް ހުށަހެޅުންތައް ހުށަހަޅުއްވާފަ އެވެ. އެގޮތުން އެމަނިކުފާނު ހުށަހެޅުއްވީ މިހާރު އޮތް މަޖިލީހުގެ ދައުރު ނިމެންދެން، މަޖިލީސް ކުރިއަށް ގެންދިއުމަށެވެ. އަދި ދައުރު ނިމެންދެން ޤައުމު ހިންގުން މަޖިލީހުން ކުރިއަށްގެންދިއުމަށް ހުށަހެޅުއްވި އެވެ.

ރައީސް ނަޝީދުގެ ހުށަހެޅުއްވުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުން އަލަށް އިންތިހާބުކުރާ މަޖިލީހަކުން ކުރިއަށްގެންދިއުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: