ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ޗާޕުކުރުމުގެ މުއްދަތު އިތުރުކުރަން އެދިއްޖެ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ ޗާޕުކުރުމުގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދެފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް19އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ އަދި މާލީ ލޮޅުމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތް ދިނުމުގެ ކަށަވަރުކަން ދިނުމަށް ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ފަސްކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރުމަށް އެދޭ ކަމަށެވެ.

ހައްދެއް ނެތި ދަރަރި ނެގުމާއި ހައްދެއް ނެތި، އެމްއެމްއޭއިން އޯވަޑްރޯ ކުުރުން މަނާކޮށްފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިންނެވެ. ސަރުކާރުން 2020 ވަނަ އަހަރު ހުށަހެޅީ އެ މާއްދާތައް ސަސްޕެންޑްކޮށް، ހަތަރު ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށެވެ.

ނަމަވެސް މިއަދު ފިނޭސް މިނިސްޓަރު މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ހުއްދަ އެއް އަހަރުދު ދުވަހަށް ދީފައި އޮތުމުން މިދިޔަ އަަހަހަރު ދައުލަތުގެ ހިންގުމަަށް ބުރޫ ނާރުވައި ކުރިއަށް ގެންދެވުނު ކަމަށެވެ.

“ބަލިމަޑުކަމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވި ގެއްލުންތަކުގައި އެހީ ވެވުނީ ވެސް އެ ހުއްދައިގެ ސަބަބުން،” ސިޓީގައި ވެއެވެ.

ކޮވިޑް-19 އާ ހެދި ސިއްހީ ކަންކަމަށާއި ރަކާތެރިކަމަށް ކުރަން ޖެހުނު ހަރަދުތައް ވެސް ކުރެވުނީ މި ހުއްދަ ދެވިފައި އޮތުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: