ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މަޖިލީހާއި، ކައުންސިލުން ގޮޑި ނުލިބޭ ޕާޓީތަކަށް ސަރުކާރުގައި ބަސްކިޔަން ތިބެވޭނެތޯ؟”

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު އޮތް ރައްޔިތުންގެ މަޖިލީހާއި ނިމިދިޔަ ކައުންސިލް އިންތިޚާބުގައިވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައްޔިތުން ތާއީދު ނެތް ޕާޓީތައް ވެރިކަމުގައި ބަސްކިޔަން ތިބެވިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ކޯލިޝަންގައި މާބޮޑު ސިޔާސީ ބުރަދަން ހުރި ޕާތީޓަކަށް ކަމަށް ދެކިގެން ތިއްބެވި ބައެއް ޕާޓީތަކަކީ ރައްޔިތުންގެ މާބޮޑު ތާއީދެއް ނެތްބައެއްކަން ނިމިދިޔަ އިންތިޚާބުތަކުން ހާމަވާކަމަށެވެ.

ދިޔާނާ ވަނީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގޮޑިއެއްވެސް ކާމިޔާބު ނުކުރެވޭ އަދި ނިމިދިޔަ ކައުންސިލް އިންތިޚާބުގައިވެސް ރައްޔިތުންގެ އެއްވެސް ތާއީދެއް ނުލިބޭ ޕާޓީތައް ސަރުކާރުގައި ބަސްކިޔަން ތިބުމަކީ ޑިމޮކްރަޓީކް ހަމަތޯ ދިޔާނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ބެލެވޭ ގޮތުގައި ދިޔާނާގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށާއި، އެމްްއާރުއެމްއަށެވެ. މަޖިލީހުގައި މި ދެ ޕާޓީ ތަމްސީލް ކުރާނެ އެއްވެސް މެމްބަރަކު ނެތް އިރު، ނިމިދިޔަ ކައުންސިލް އިންތިޚާބުގައިވެސް މިދެޕާޓީއަށް ކާމިޔާބު ވެފައި ވަނީ ވަރަށް މަދު އަދަދެއްގެ ގޮޑިތަކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: