ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢާއްމުންގެ ޖީބު ހުސްކުރާއިރު ސަރުކާރުގެ ޚިދުމަތް ސުމެއް: ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ޖީބުތައް ހުސްކުރާއިރު ސަރުކާރަަށް އެެއްވެސް ހިދުމަތެއް ފޯރުކޮށް ނުދެވޭ ކަމަށް ކުރީގެ ނައިބު ރައިސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރަށް ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި ވަނީ އެދިފައެވެ.

މިކާމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ފުނޑި މުވައްޒަފުންނަށް މުސާރަ ދޭނެގޮތް ސަރުކާރުގައި މިހާރު ނެތްކަމަށާއި ރާއްޖެ މިހާލަތަށް ވެއްޓުނީ ދެކޮޅު ޖެހޭ ސިޔާސަތެއް ނެތުމުން ކަމަށެވެ.

“ސިޔާސީ މަޤާމްތައް، ބޯޑުތައް، ދަތުރުތަކަށް ހުއްޓުމެއްނެތް. ވަޒީފާއަށް ނުނުކުމެ މުސާރަ ނަގަނީ. ޢާއްމުންގެ ޖީބު ހުސްކުރާއިރު ޚިދުމަތް ސުމެއް! އެމްޑީޕީން ރައްޔިތުން ލޫޓްވަނީ” ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ.

ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި އެދުނު އެދުމާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ބޭއްވި މަޖިލީހުގައި އެހި ވޯޓުގައި 48 މެމްބަރުން އެހުށަހެޅުމަށް ނޫނެކޭ ބުނެފައި ވާއިރު، އާއެކޭ ބުނީ 12 މެމްބަރުންނެވެ. އެހެން ކަމުން އެ މައްސަލައަށް އަންގާރަ ދުވަހުގެ މަޖިލީހުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

އެ މައްސަލަ އަލުން މަޖިލީހުގައި މިއަދު އެޖެންޑާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މިއަދުގެ މަޖިލިސް ފަށަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލަ އަލުން އެޖެންޑާ ކޮށްފައިވަނީ، އެމައްސަލައަށް މިދިޔަ ދެދުވަހު މެންބަރުން ބަހުސް ކުރެއްވުމަށްފަހު ހުށަހެޅި ތާއީދު ލިބިފައިވާ ގޮތަށް ވޯޓަށް އެހުނުނަމަވެސް ފިނޭންސް މިނިސްްޓްރީން އެދިފައިވާ ގޮތަށް އެ ނިންމުން މަޖިލީހުގެ ތެރެއިން ނިންމާފައިނުވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށްޓަކައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: