ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް ބޯޑުގެ ރައީސަކަށް ފާއިޒު، ނައިބަކަށް ފަޔާޒު އައްޔަނުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

“ޕޮލިސް ބޯޑު” ގެ ރައީސް އާއި ނައިބު ރައީސް މިއަދު އިންތިހާބުކޮށްފިއެވެ.

އެގޮތުން ޕޮލިސް ބޯޑުގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވަނީ މއ. މަނާގެ ޢަލީ ފާއިޒުއެވެ. އަދި އެ ބޯޑުގެ ނާއިބް ރައީސް ކަމަށް އިންތިޚާބުކޮށްފައިވަނީ މ. ހަޒާރީވިލާ، އަޙްމަދު ފަޔާޟް ޙަސަންއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެ މަތީން “ޕޮލިސް ބޯޑު” އެކުލަވައިލައްވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

ޕޮލިސް ބޯޑުގައި ހިމެނިވަޑައިގަންނަވާ 7 މެންބަރުން:

1. އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ
2. އަލްފާޟިލާ ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ
3. އަލްފާޟިލް ޢަލީ ފާއިޒު، މއ.މަނާގެ
4. އަލްފާޟިލް އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން
5. އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
6. އަލްފާޟިލް ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ
7. އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

“ޕޮލިސް ބޯޑު”ގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ދެ މެންބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: