ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ނިޒާމުން އުފެދެނީ “ބްރޯ” ނިޒާމެއް: ބޮންޑޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ނިޒާމުގައި އަބަދުވެސް “ބްރޯ” އެއް ހުންނަ ކަމަށާއި އެ ބްރޯގެ ކަމަކީ ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރުން ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ސަންގު ބަހުސް” ޕްރޮގްރާމްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއެކު ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ޝަރީފް މެންފަދަ ބޭފުޅުންނަކީ މިހާރު ހުރި “ބްރޯ” ކޮންޓްރޯލް ކޮށްފައި ތިއްބެވި ބޭފުޅުން ކަމަށާއި ރިޔާސީ ނިޒާމަކީ “ބްރޯ” ނިޒާމް ކަމަށެވެ. ނަމަވެސް އެ ބްރޯ އަކީ ކޮން ބޭފުޅެއް ކަމެއް ބޮންޑޭ ވިދާޅެއް ނުވެއެވެ.

“މި ނިޒާމު[ރިޔާސީ] ތެރޭ ބްރޯއެއް އުފަން ވަނީ އޭ. އެ ބްރޯ ކޮންޓްރޯލެއް ނުވޭ. ޔާމީނަށް ލިބުނީ އެ ލަނޑު. މައުމޫނަށް ލިބުނީ އެ ލަނޑު. އަޅުގަނޑުމެން މި ބުރޯއާ ދުރަށްދާން ޖެހޭ. މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ޖެހޭ އެބަ [ފިނޭންސް މިނިސްޓަރު] އަމީރު. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެބަ އެނގޭ މާލީ ނިޒާމުގައި އެބައޮތްކަން ގަޑުބަޑު. ކޮރަޕްޝަން އެބައޮތްކަން، ވެންޓިލޭޓަރު ވައްކަން އެބައޮތްކަން. އެހެންވީމަ މި ދަންނަވަނީ މިއީ ބްރޯ ނިޒާމެކޭ.” ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ އަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ ބޮންޑޭ މެންފަދަ ބޭފުޅުން ކޮންޓްރޯލް ކުރައްވައިގެން އުޅުއްވަނީ ނަޝީދު ކަމަށާއި އެހެންކަމަށްވާނަމަ ބްރޯ އަކީ ނަޝީދު ނޫންތޯ ސުވާލުކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ހަގީގަތުގައި ވެސް ބްރޯ ކޮންޓްރޯލް ކުރާ ނިޒާމެއް ކަމަށާއި އެ ނިޒާމުގައި 43 މެމްބަރުން އެއްކޮށް ގަނެލުމުން ސަރުކާރު އެއްކޮށް ގަނެވުނީ ކަމަށެވެ.

“އަޅުގަނޑުމެންނަކީ ބްރޯ ނިޒާމުގެ މީހުންނެއް ނޫން. އަޅުގަނޑުގެ ވެސް ބްރޯ އަކީ ރައީސް ނަޝީދު. ބްރޯ، ބްރޯއޭ ކިޔައިގެން އޮޅުވާލަން އުޅޭނެ ކަމެއް ނެތް” ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: