ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ސަރަަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރިމުންދިޔަ ބޭރުގެ 5 ބޯޓު އަތުލައިގެންފި

މީގެ ކުރިން ރާއްޖެ ސަރަަހައްދުން އަތުލައިގަތް ބޭރުގެ ބޯޓެއް— ފޮޓޯ: އެމްްްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ސަރަަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރިމުންދިޔަ ބޭރުގެ ފަސް މަސް ބޯޓު ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފްއިން ބުނީ ކޯސްޓްގާޑް ޝިޕް ހުރަވީން ކުރަމުންދިޔަ ޕެޓްރޯލް ދަތުރެއްގައި މ އަދި ވ.އަތޮޅާއި ދިމާއިރުން، އިގްތިސާދީ ސަރަހައްދުގެ 30 ނޯޓިކަލް މޭލު ތެރެއިން ގަވާއިދާާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ފަސް މަސް ބޯޓު ފެނިފައިވާކަަމަށެވެ.

މި ބޯޓުތައް މިހާރު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ވަނީ ބުނެފައެވެ.

އެ ބޯޓުތައް ހިފަހައްޓައި މިހާރު ވަނީ ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެއިން ކޮންމެ ބޯޓެއްގައި ހަ މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް ހިފަހައްޓާފައިވަނީ ކޮން ގައުމެއްގެ ބޯޓުތަކެއް ކަން އަދި ސާފެއް ނުވެ އެވެ.

ހުރަވީގެ ބެލުމުގެ ދަށުން އެ ބޯޓުތައް މާލެ ގެނައުމަށް މިހާރު ދަތުރު ފަށާފައިވާ ކަމަށާއި، މާލެ އާދެވޭނެ ކަމަށް ބެލެވެނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: