ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓުން ވަކިކުރި 9 މުވައްޒަފަކަަށް ވަޒީފާ ދިނުމަށް އަމުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓް މިނިސްޓްރީން ވަޒީފާއިން ވަކިކުރި ނުވަ މުވައްޒަފަކަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއިން ޢަމުރުކޮށްފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގައި ވަޒީފާ އަދާ ކުރަމުން ދަނިކޮށް، އެއްވެސް ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ، ސިވިލް ސާވިސްކޮމިޝަނަށް ރައްދުވާ ގޮތަށް ޓްރަބިއުނަލްއަށް ހުށަހެޅި މައްސަލައިގައި އެ ނުވަ މުވައްޒަފުން ތަމްސީލުކޮށްފައިވަނީ، ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުންނެވެ.

މިކަމާ ގުޅިގެން އެ ލޯ ސެންޓަރުން ނެރުނު ބަޔާނުގައި ވަނީ ނުވަ މުވައްޒަފުންވެސް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމްނުކޮށްކަމަށެވެ. އެހެންކަމުން އެ މުވައްޒަފުން އަދާކުރަމުން ދިޔަ ވަޒީފާތައް އަލުން އިޔާދަކޮށްދީ، އެ ދުވަހާ ހަމައަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށްވެސް ވަނީ ޢަމުރުކޮށްފައެވެ.

ލޯ ސެންޓަރުން ނެރުނު ބަޔާނުގައި މިގޮތަށް ބުނެފައި ވީނަމަވެސް، ވަޒީފާ ދިނުމަށް ކުރި ޢަމުރު އަދި ޓްރައިބިއުނަލް އިން ޢާންމު ނުކުރެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީތެރޭގައި ގިނަ މައްސަލަތަކެއް ހުރިކަމަށް ވަނީ އަޑުފެތުރިފައެވެ. އަދި މިނިސްޓަރ އައިޝަތު ނަހުލާއާއި، ބައެއް މުވައްޒަފުންނާއިމެދު ވަރަށް ބޮޑަށް ޚިޔާލު ފަތާުވުން އުފެދިފައިވާކަމަށްވެސް ވާހަކަދެކެވެއެވެ. އަދި އެ މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލަތަކެއްވެސް ފެންމަތިވެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: