ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޑެކްސަލްއިން ވަކިގޮތެއް އަންގަންދެން އިމްތިހާން ކުރިއަށްދާނެ: އެޑިއުކޭޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

އޭލެވެލް އިމްތިހާނުގެ ޕޭޕަރުތަކެއް ލީކުވި ނަމަވެސް އެޑެކްސަލްއިން ވަކި ގޮތެއް އަންގަންދެން ރާއްޖޭގައި އިމްތިހާން ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިހާރު ކުރިއަށްދާ އިމްތިހާނުގެ ދެތިން ހަތަރު މާއްދާއެއްގެ ޕޭޕަރުތައް ވަނީ ލީކުވެފަ އެވެ. އޭގެ ތެރޭގައި ބަޔޮލޮޖީ ޔުނިޓް ފަހެއްގެ ޕޭޕަރާއި ކެމިސްޓްރީ ޕޭޕަރުތަކެއްގެ އިތުރުން ފިޒިކްސް ޕޭޕަރު ވެސް ހިމެނެ އެވެ.

އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އިމްތިހާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައި ހުރި ފިޔަވަޅުތައް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ރާއްޖޭގެ ސުކޫލުތަކުހައި ކުރިއަށްދާ ކަމަށެވެ. އަދި އޭލެވެލްގެ ސުވާލު ކަރުދާހެއް ރާއްޖޭހެ އެއްވެސް ސެންޓަރަކުން ލީކުވެފައި ނުވާ ކަމަށެވެ.

އޭލެވެލް އިމްތިހާނުގެ ބައެއް ސުވާލު ކަރުދާސްތައް ރާއްޖެއިން ބޭރުގެ ބައެއް އޮންލައިން ޕްލެޓްފޯމްތަކުން ލީކުކުރަމުންދާ މައްސަލަ އެޑެކްސަލްއިން ބަލަމުން އަންނަކަމަށް މިނިސްޓްރީން ހަމަކުރެއެވެ. އަދި އެޑެކްސަލްއިން އެހެންގޮތަކަށް އަމަލުކުރުމަށް އަންގަންދެން މިހާރު ތާވަލްކޮށްފައިވާ ގޮތަށް ރާއްޖޭގައި އިމްތިހާނު ކުރިއަށްދާނެކަަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

2000 ދަރިވަރުންނާއެކު މިއަހަރުގެ އޭލެވެލް އިމްތިހާނު ފަށާފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ މެއި ޖޫންގައި ބޭއްވުމަށް ހަމަޖެއްސި އޭލެވެލް އިމްތިހާނު އަވަސްކޮށްފައިވަނީ އޭ ލެވެލް އަދި އޭ.އެސް ލެވެލް އިމްތިހާނުތަކުގެ ތާވަލަށް އެޑެކްސެލްއިން ބަދަލު ގެނެސްފައިވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: