ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައަށް ދިޔަ އަންހެނަކާއި ދަރިން ރާއްޖެ ގެންނަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގުރާމައަށް ދިޔަ އަންހެނަކާއި އޭނާގެ ހަތަރު ދަރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ މިކަން ދިވެހި ސަރުކާރަށް އެންގުމާ ގުޅިގެން މި މައްސަލަ ތަހުގީގުކޮށް، އެ އާއިލާއަށް ނިސްބަތްވާ ކުޑަކުދިންގެ ރަށްވެހިކަމާއި ދަތުރުފަތުރާ ގުޅުންހުރި ލިޔުންތަކާއި އެ ފަރާތްތައް އަނބުރާ ރާއްޖެ ގެނައުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށް ފުލުހުންގެ ޓީމެއް މިހާރު ތުރުކީގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި ތުރުކީގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އަންހެން މީހާ އަކީ އަފްގާނިސްތާނާއި ސީރިޔާގެ ހަނގުރާމައިގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ހަތަރު ދަރިން ލިބިފައިވާ އަންހެނެއް ކަމަށާއި މީގެތެރެއިން އެންމެ ހަގު ދެ ކުދިން އުފަންވެފައިވަނީ އަފްގާނިސްތާނާއި ސީރިޔާގައި ދިރިއުޅުނުއިރު ކަމަށް ބުނެފައިވާތީ، މި ދެ ކުދިންނަކީ ދިވެހި އަންހެން މީހާގެ ދަރިންކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެއިތުރުން އެ ދިވެހި އާއިލާގެ ރަސްމީ އެއްވެސް ލިޔުމެއް ނެތުމުން، އެ ފަރާތްތަކުގެ ތެރެއިން ރާއްޖޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމާއި، ރާއްޖެއިން ބޭރުގައި އުފަންވި ކުދިންގެ ރަށްވެހިކަމާއި ރެޖިސްޓްރޭޝަނާއި ގުޅޭ ކަންކަން ހަމަޖެއްސުމުގެ ކަންކަން ވެސް ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ.

އެ ފަރާތްތައް އަނބުރާ ރާއްޖެއަށް ގެނެވޭ ހާލަތްތަކުގައި އެ ފަރާތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައު އަށް ގެނައުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އަދި މިފަދަ ފަރާތްތައް އަނބުރާ ރާއްޖެ ގެނެސް، އެމީހުންގެ މައްސަލަތައް ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނީ ދިވެހި ފުލުހުން ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: