ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގެ މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރަން ފަށައިފި

ރޭގެ މުޒާހަރާގެ ތެރެއިން— ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޭޑޭއާއި ގުޅިގެން ޒުވާނުންތަކެއް ޖިންސީ ފުރައްސާރައާއި، ޖިންސީ އަނިޔާއާއި ދެކޮޅަށް މިރޭގެ މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގް ކުރަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާގޮތް، ޚާއްސަ އިސްކާމެއް ދީގެން، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނާއި ޔޫސް އޮފް ފޯސްރިވިއު ކޮމިޓީން ބަލަން ފަށާފައިވާކަމަށެވެ.

މި މައްސަލައިގައި އިތުރު ތަފްސީލް މައްސަލަ ކުރިއަށްދާ ވަރަކުން ހިއްސާ ކުރަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި މި ހަރަކާތް ފެށީ މިރޭ ރަސްފަންނު ސަރަހައްދުންނެވެ. އަދި މި ހަރަކާތުގެ ބައިވެރިން ވަނީ މަޖީދީމަގުގައި ޝުއޫރުތައް ފާޅުކުރަމުން ހިނގާފައެވެ. ނަމަވެސް ވަކި ހިސާބަކުން އެ ފަރާތްތައް ހުއްޓުވައި ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފައެވެ.

ފުލުހުން އެއްވުމުގެ ބައިވެރިން ހުއްޓުވީ ނަސޭހަތް ދިނުމަށްފަހު ކަމަށްވާއިރު، އެއްވުމުގެ ބައިވެރިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ވަނީ ޕެޕާރ ސްޕްރޭ ވެސް ޖަހާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: