ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނެޓްގެ އަގުހެޔޮ ކުރަން އަދި ނުނިންމާ: ފައްޔާޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައި ފުރަތަމަ ދުވަހުން ފެށިގެން އިންޓަނެޓް އަގުހެޔޮ ކުރަން ނިންމާފައިވާ ކަމަށް ފަތުރަމުންދާ ހަބަރު ސަރުކާރުން ދޮގުކޮށްފި އެވެ.

އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ނިންމާ ކުންފުނިތަކާއެކު ސަރުކާރަަށް އެއްބަސްވުމަކަަށް އާދެވިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ފައްޔާޒު އިސްމާއިލް ވިދާޅުވީ އެއީ މުޅިން ތެދު ވާހަކަތަކެއް ނޫން ކަމަށާއި ކަމާގުޅޭ ފަރާތްތަކާއެކީ މިކަމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަތާ މިހާރު ދެ މަސް ވެފައިވާ ކަމަށެވެ.

“އެއްވެސް ކަމެއް އަދި ފައިނަލެއް ނުވޭ، އެކަމަކު ރަނގަޅު ބަދަލުތަކެއް ވަރަށް އަވަހަށް ފެނިގެންދާނެ” ފައްޔާޒު ވިދާޅުވިއެވެ.

މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުން ހިމެނެއެވެ. މި ބަދަލާއެކު މިއަހަރުގެ ބަޖެޓަށް އިތުރަށް 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.

އިންޓަނެޓު އަގުހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: