ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އުޅޭ ކޮވިޑްގެ ވޭރިއަންޓްތައް ނޭނގޭތީ ކަންބޮޑުވޭ: ރައީސް ވަހީދު

ކުރީގެ ރައީސް މުހައްމަދު ވަހީދު-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އުޅެނީ ކޮވިޑް-19 ގެ ކޮން ވޭރިއަންޓްތަކެއްކަން ނޭނގޭތީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރޭ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ރާއްޖޭގެ ކޯވިޑްގެ މިސްރާބު އިންޑިއާ ނޭޕާލް ފަދަ ގައުމުތަކުގެ ހާލަތަށް ދާން ބޭނުން ނުވާ ކަމަށާއި އެކަމަކު އެ ގައުމުތަކުގައި ފެތުރެމުންދާފަދަ ނުރައްކާތެރި ވޭރިއެންޓުތަކެއް ފެތުރެމުންދާ ކަމަށް ބެލެވޭ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ވަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާ އިންޑިއާ އާއި ނޭޕާލުން މީހުން ރާއްޖެ އައުން މަނާ ނުކުރަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ. އަދި މިހާ ހިސާބަށް އައިއިރު ވެސް ރާއްޖޭގައި އުޅެނީ ކޮވިޑްގެ ކޮން ވޭރިއަންޓެއްކަން ނޭނގޭތީ ވެސް ވަހީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވަފައެވެ.

އަދި އިންސާނީ ވަސީލަތް މިހާރުވެސް އެކަށީގެންވާ ނެތްއިރު އެނދުތައް އިތުރުކުރުމުގެ ބޭނުމަކީ ކޮބައިތޯ ވެސް ވަހީދު ވަނީ ސުވާލު އުފައްދަވާފައެވެ.

އެޗްއީއޯސީން ރޭ ބުނީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު ސިއްހީ އެހީތެރިންނަށް އެކަށީގެންވާ ހިދުމަތް ނުދެވޭ ހިސާބަށް ކަންތައް ގޯސްވުމުގެ ނުރައްކާ އޮތްކަމަށެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: