ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޝަރީޒްއަށް ހުސައިން ރަޝީދު، އެންވަޔަރަމެންޓް މިނިސްޓަރަކަށް ޝައުނާ!

ފިޝަރީޒް މިނިސްޓަރަކަށް ހަމަޖެއްސެވި، ޑރ. ހުސެއިން ރަޝީދު ހަސަން އާއި އެންވައިރޮމެންޓް މިނިސްޓަރު އާމިނަތު ޝައުނާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންވަޔަރަމަންޓް މިނިސްޓަރަކަށް، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ އަދި ފިޝަރިޒް މިނިސްޓަރަަކށް ޑރ. ޙުސައިން ރަޝީދު ޙަސަން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފިއެވެ.

އެދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުއްވީ މިއަދުު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ބޭފުޅުންނަށް ވަޒީރުކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

އެންވަޔަރަމަންޓް މިނިސްޓަރުކަމަށް އައިމިނަތު ޝައުނާ އައްޔަންކުރައްވާފައިވަނީ، ޓެކްނޮލޮޖީ މިނިސްޓްރީއާއި އެންވަޔަރުމަންޓް އެއްކޮށްލުމަށްފަހުއެވެ. އެ ވުޒާރާގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމަޓް ޗޭންޖު އެންޑް ޓެކްނޮލިޖީއަށް ބަދަލުކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވި ގޮތުގައި މި ބަދަލުތައް ރައީސް ކެބިނެޓަށް ގެންނެވީ ސަރުކާރުން ދެމުން އަންނަ ހިދުމަތް ރަނގަޅު ކުރުމަށާއި ސަރުކާރުގެ ވައުދުތައް ފުއްދުމަށް އަވަސް ކުރުމުގެ ގޮތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: