ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުން އަރައިގަތުމުގައި ސަރުކާރަށް އެބާރުލުންދީ، ވޮލަންޓިއާކޮށްދޭނަން: އިދިކޮޅު

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑު-19 ގެ ހާލަަތު ރާއްޖޭހައި ގޯސްވެފައިވާ މި ދަނޑިވަޅުގައި ބަލިން އަރައިގަތުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުވައްރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެގޮތުން އެންމެ ފުރަތަމަވެސް ރާއްޖޭގައި ކޮވިޑް-19 ފެނުން ސިހާބުން ފެށިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވާނީ ސަރުކާރަށް ފޯރުކޮށްދޭންޖެހޭ އެއްބާރުލުން ހުރިހާ ގޮތަކުންވެސް ފޯރުކޮށްދޭނެ ކަމަށް ސަރުކާރުގައި ދަންނަވާފައި ވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީން ވަސީލަތްތަކުގެ އިތުރުން ސަރުކާރުން ބޭނުންވާ މިންވަރެއްގައި އެއްބާރުލުން ދޭނެކަމަށް އިދިކޮޅުންވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ގެ މިހާރުގެ ހާލަތާ ގުޅިގެން އިންސާނީ ވަސީލަތްތައް މަދުވެ ސަރުކާރުން ވަނީ ހެލްތް ޕްރޮފެޝަނަލުން ހޯދަން އިއުލާނުކޮށްފަ އެވެ. އިދިކޮޅުން ބުނެފައިވަނީ އިންސާނީ ވަސީލަތް، ހާއްސަ ގޮތެއްގައި ސަރުކާރަށް ފޯރުކޮށްދީ ސަރުކާރަށް އެއްބާރުލުން ދޭން ފުރިހަމައަށް އިދިކޮޅުން ތައްޔާރުވެފައި ވާކަމަށެވެ. އެގޮތުން އޭރުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުންނަށް ވަގުތުން ކޮންޓެކްޓު ކުރެވޭނެ ނަމްބަރުތަކާއިއެކު ސަރުކާރަށް ހުށައަޅާފައިވާނެކަމަށް ޕީޕީއެމް ޕީއެންސީން ބުނެފައިވެއެވެ.

ޕީޕީއެމް ޕީއެންސީން ބުނީ މިހާލަތުގައި އިދިކޮޅުގެ އެހީތެރިކަން ސަރުކާރަށް ދޭނެކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އެހެންކަމުން ވޮލަންޓިއަރުން މެދުވެރިކޮށް އެހީ ބޭނުންވާ ދާއިރާތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެދޭކަމަށް އިދިކޮޅުނ ބުންޏެވެ.

މާލޭގެ އިތުރުން ރާއްޖެ ތެރޭގައި ހަލުވިކަމާއިއެކު ކޮވިޑް-19 ފެތުރިގެންދާ އިރު އަތޮޅުތެރޭގެ ރަށްރަށުގައި ފަސޭހައިން ބައްޔަށް ފަރުވާ ދެވޭނެ އަދި ޓެސްޓް ކުރެވޭނެ ގޮތެއް ނެތުން އެއީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ. އަދި އަހަރެއްހާ ދުވަސް މިބައްޔަށް ވެފައިވާއިރު ރައްޔިތުންނަށް ބޭނުންވާ ވަރަށް ރައްކަތެރިކަމާއި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ސަރުކާރަށް ފޯރުކޮށް ނުދެވޭކަމަށް އިދިކޮޅު ކޯލިޝަން އިން ވަނީ ބުނެފައެވެ.

މި ހާލަތައް ސަރުކާރުން މާބޮޑު އިސްކަމެއް ނުދޭކަމަށް ބުނެ އިދިކޮޅުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރިއެވެ. އަދި ވެކްސިންޖެހުމުގެ ކަންކަމުގައި ރަނގަޅު ހަރުދަނާ ޕްލޭނެއ އެއްގޮތަކަށްވެސް ނެތް ކަމަށާއި އިންޑިއާއިން ގެނެވުނު ކޮވިޑް ޝީލްޑް ވެކްސިން އެއްވެސް ތަރުތީބެއް ނުވަތަ ހަމައެއްނެތި ޖެހުމުގެ ސަބަބުން ވެކްސިން ސްޓޮކްގައި ހުރި އަދަދައްވުރެ ގިނަ މީހުންނަށް 2 ވަނަ ޑޯޒް ޖަހަން ޖެހިފައިވާ ކަމަށް އިދިކޮޅުން ފާހަގަކުރިއެވެ.

މިހާލަތުގައި ސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތް ކުރާނެކަމަށް އިދިކޮޅުން ވިދާޅުވި ނަމަވެސް ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެ ރާއްޖެ މިހާލަތައް އައީ ސަރުކާރުގެ އިހުމާލުން ކަމަށްބުނެ އދިކޮޅުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅު ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: