ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ވީޑިއޯ އާންމުކޮށްފި

އައިޑީ ގޮއްވާލުމަށް ބޭނުންކުރި ކަމަސް ބެލެވޭ ސައިކަލު - ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ވީޑިއޯ އާންމުކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދެއްކި ވީޑިއޯ އިން ފެންނަނީ ނަޝީދު ބޮޑީގާޑުންނާއެކު ހިންގަވާފައި ކާރުކޮޅާއި އަރާ ހަމަވިތަނުން ޑިވައިސް ގޮއްވާލާ މަންޒަރެވެ. އެއާއެކު ދެން ފެންނަނީ ދުމުން މުޅިތަން ފުރިފައިވާ މަންޒަރެވެ.

ފުލުހުން ބުނީ އެވަގުތު އެތަނުގައި ތިބި އާއްމުންގެ އެންމެންނަކީވެސް ތަހުގީގަށް މުހިންމު މައުލޫމާތުތަކެއް ދެވިދާނެ ބައެއް ކަމަށެވެ.

އަދި ވީޑިއޯ އާއްމުންނާއި ހިއްސާކުރުމުގެ ބޭނުމަކީވެސް އެހާދިސާގެ ބޮޑުކަން ރައްޔިތުންނަށާއި ނޫސްވެރިންނަށް ހާމަކުރުމާއިއެކު ހާދިސާ ހިނގިވަގުތު އެތަނުގައި ތިބި މީހުން ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެެ.

އަދި ހަަދިސާ ހިނގުމުގެ ކުރިން އެ ސަރަހައްދުން އެއްވެސް ޝައްކުވާފަދަ ކަމެއް ފާހަގަކުރެވުނު ނަމަވެސް އެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް  ފުލުހުން އެދިފައިވެއެވެ.

ފުލުހުން މިއަދު ބުނީ ޓެރަރިސްޓް ހަމަލާ އާ ގުޅޭ އެއްވެސް ފޮޓޯއެއް، ވީޑީއޯ އެއް ޑޮކިއުމެންޓެއް ނުވަތަ ޝައްކު ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައިވާ ނަމަ އޮންލައިންކޮށް u.police.mv/evidence މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި މޯބައިލް ނަންބަރު 9704000 އަށް ގުޅުއްވައިގެން ވެސް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

އަދި މައުލޫމާތު ދޭ ފަރާތްތަކުގެ ވަނަވަރު ސިއްރު ކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: