ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮން ގޮއްވާލި ހަމަލާގައި ތުހުމަތު ކުރެވޭ އެންމެ މުހިންމު ސަސްޕެކްޓްގެ ފޮޓޯ އާންމު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޮން ގޮއްވާލި ހަމަލާގައި ތުހުމަތު ކުރެވޭ އެންމެ މުހިންމު ސަސްޕެކްޓްގެ ފޮޓޯ އާންމު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މިމީހާގެ މައުލޫމާތު އެގޭ އެއްވެސް މީހެއްވާނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް އެންގުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި މިއީ މިހާރު ފުލުހުން އެންމެ އިސްކަމެއްދީގެން ހޯދަން މަސައްކަތް ކުރަމުންދާ މީހާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމީހާގެ ދެފޮޓޯއެއް ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެއްފޮޓޯގައި އަތަމާ ޕެލެސް ތެރޭގައި މަޑުކޮށްލައިގެން ހުންނަ މަންޒަރު ފެނެއެވެ. އަދި އަނެއް ފޮޓޯއިން ފައިވާން އަތަށް ނަގައި ވަރަށް ބާރަށް ދުވެފައި މަޖީދީމަގުން މާފަންނާއި ވީކޮޅަށް ދުވާތަން ފެނެއެވެ.

ރައީސް ނަޝީދަށް ހަމަލާދިންކަމަށް ބުނާ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، އެ ދެ މީހުންގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފައެވެ.

ހަމަލާއާ ގުޅިގެން މިއަދު ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރެއިން ތަހުމީން އަލީ އަލީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: