ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި 2 މީހުންގެ ވަނަވަރު އާންމު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު އާންމު ކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދެއްކި ވީޑިއޯ އިން ފެންނަނީ ނަޝީދު ބޮޑީގާޑުންނާއެކު ހިންގަވާފައި ކާރުކޮޅާއި އަރާ ހަމަވިތަނުން ޑިވައިސް ގޮއްވާލާ މަންޒަރެވެ. އެއާއެކު ދެން ފެންނަނީ ދުމުން މުޅިތަން ފުރިފައިވާ މަންޒަރެވެ.

މި މައްސަލައިގައި މިއަދު ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ އެކަކީ މުޖާޒް އަހުމަދު މއ. ފޭރުމާގެ އަދި އަނެއް މީހަކީ ތަހުމީން އަހުމަދު ފޮޅޭމާގެ، ގއ. ކޮނޑޭ އެވެ. ތަހުމީން އަކީ ގޮއްވާލި ބޮން ހަރުކޮށްފައި އިން ސައިކަލުގެ ވެރި މީހާ ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކުރި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: