ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާ ހަރުކަށި މީހުންނާ ގުޅުން އެބައޮތް: ޕީޖީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ހަރުކަށި މީހުންނާ ގުޅުން އެބައޮތް އޮތް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މި ހަމަލާއާއި ހަރުކަށި ފިކުރާ ގުޅުންހުރި ކަންތައްތަކެއް ފެންނަމުން އަންނަކަމަށެވެ. އަދި ހަރުކަށި ފިކުރާ މިހަމަލާއާ ގުޅުވޭ ލިންކްތަކެއް ފެންނަކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް މި ހަމަލާ ސިދާ ގުޅެނީ ކޮން ދިމާލަކަށްކަން އިނގޭނީ ތަހުގީގު އެއްކޮށް ކޮށް ނިމުމުންކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް ވިދާޅުވީ މިހަމަލާގައި މިހާތަނަށް ހޯދުނު ހޯދުންތަކުން ހައްޔަރު ކުރެވުނު ދެ މީހުންނަކީވެސް ހަރުކަށި ފިކުރަށް ނިސްބަތްވާ ދެމީހުންކަން އެނގިފައިވާކަމަށެވެ. ނަމަވެސް މިދެމީހުން ނިސްބަތްވަނީ ކޮން ޖަމައާއަތަކަށް ކަމެއް އަދި ސާފު ނުވާކަމަށެވެ.

ސީޕީ ވިދާޅުވީ މިދެމީހުންނަކީ ތަފާތުއެކި ކުށުގެ ރެކޯޑު އޮތް މީހުންކަމަށެވެ. މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނާމެދު ޖިނާޢީ ދަޢުވާކުރެވޭވަރުގެ ހެކި އެބަހުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލާގައި ފުލުހުން ވަނަވަރު ޢާއްމުކޮށްފައިވާ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޫޅުމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. މިދެމީހުންނަކީވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންކަމަށް ފުލުހުން ވިދާޅުވުއެވެ. މިދެމީހުންގެ އިތުރުން މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދާ އެންމެ މުހިންމު މާހާ ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުންވަނީ ޢާއްމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: