ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޔަރުކުރި ދެ މީހުންނަކީ ހަރުކަށި ފިކުރުގެ ދެ މީހުން: ސީޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ދެ މީހުންނަކީ ހަރުކަށި ފިކުރުގެ ދެ މީހުން ކަމަށް ސީޕީ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ މިހަމަލާގައި މިހާތަނަށް ހޯދުނު ހޯދުންތަކުން ހައްޔަރު ކުރެވުނު ދެ މީހުންނަކީވެސް ހަރުކަށި ފިކުރަށް ނިސްބަތްވާ ދެމީހުންކަން އެނގިފައިވާކަމަށެވެ. ނަމަވެސް މިދެމީހުން ނިސްބަތްވަނީ ކޮން ޖަމައާއަތަކަށް ކަމެއް އަދި ސާފު ނުވާކަމަށެވެ.

ސީޕީ ވިދާޅުވީ މިދެމީހުންނަކީ ތަފާތުއެކި ކުށުގެ ރެކޯޑު އޮތް މީހުންކަމަށެވެ. މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނާމެދު ޖިނާޢީ ދަޢުވާކުރެވޭވަރުގެ ހެކި އެބަހުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލާގައި ފުލުހުން ވަނަވަރު ޢާއްމުކޮށްފައިވާ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޫޅުމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. މިދެމީހުންނަކީވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންކަމަށް ފުލުހުން ވިދާޅުވުއެވެ. މިދެމީހުންގެ އިތުރުން މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދާ އެންމެ މުހިންމު މާހާ ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުންވަނީ ޢާއްމުކޮށްފައެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރޯމާދުވާލު ކަތިވަޅި ޖަހާ މީހުން
    މަރަނީ މަޑުކަށި މީހުން ބާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: