ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭދަފުށީގައި ކޮވިޑް ޖެހިގެން މީހަކު މަރުވެއްޖެ

ބ.އަތޮޅު އޭދަފުށި - ފޮޓޯ: އޭދަފުށީ ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. އޭދަފުށީގައި މަރުވެގެން ހޮސްޕިޓަލަށް ގެންދިޔަ އުމުރުން ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އެމީހާ ހޮސްޕިޓަލަށް ގެނެވުނީ މިއަދުގެ ހެނދުނު 8:30 ހާއިރު ކަމަށާއި ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ އޭގެ ފަހުން ހެދި ޓެސްޓުން ކަަމަށް ބުނެއެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ 85 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭދަފުށިން މަރުވި މީހާއާ އަކީ މިއަދު ކޮވިޑު ޖެހިގެން މަރުވި ދެވަނަ މީހާއެވެ. އައިޖީއެމްއެޗުގެ އީއާރުގައި އެޑްމިޓްކޮށްފަ އޮތް އުމުރުން އުމުރުން 75 އަހަރުގެ އަންހެނެއްވެސް މިއަދު ވަނީ ކޮވިޑު ޖެހިގެން މަރުވެފައެވެ.

މިއީ ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި 86 ވަނަ މީހާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: