ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިފަރު އާންމު ހާލަތަށް ގެނައުމަށް މަސައްކަތް ކުރާތަނެއް ނުފެނޭ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ފިޔަވައި މިހާތަނަށް އެންމެ ގިނަ ކޮވިޑް ކޭސްތައް ރިޕޯޓު ކޮށްފައިވަނީ ނައިފަރުން ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ތަނެއް ނުފެންނަ ކަމަށް އެދާއިރާގެ މަޖިލިސް މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނައިފަރުގައި ކޮވިޑްގެ ޙާލަތު ބަދަލުކުރުމުގެ ނިޔަތުގައި އެޅި އެންމެ މުޙިއްމު އެއް ފިޔަވަޅަކީ ރަށް މޮނިޓަރިންގެ ޙާލަތަށް ގެނަސް ޢާއްމު ދިރިއުޅުމުގެ ބައެއް ކަހަލަ ފިޔަވަޅުތައް ތަންފީޒުކުރަން ފެށުން ކަމަށެވެ.

ޝިޔާމް ވިދާޅުވީ އިއްޔެގެ ނިޔަކަށް ނައިފަރުން ޖުމްލަ 728 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 4 މީހަކު ނިޔާވެފައިވާ ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ޝިޔާމް ވިދާޅުވެފައި ވެއެވެ.

ވޭތުވެދިޔަ 7 ދުވަސްތެރޭ އެކަނިވެސް އެރަށުން 179 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިވަގުތު ނައިފަރުގައި ތިބި ކްޓިވް ކޭސްގެ އަދަދަކީ 410 ކަމަށް ވެސް ޝިޔާމް ވިދާޅުވެފައިވެއެވެ.

ޝިޔާމް ވިދާޅުވީ މިޙާލަތުގައި މިހާ ދުވަސްވީއިރު މިއަދުވެސް ރައްޔިތުންގެހުރީ ފުރަތަމަ 2-3 ހަފްތާވެސް ހުރި ޝަކުވާތަކާ ދާދި އެއްކަހަލަ ޝަކުވާތަކެއް ކަމަށާއި އިތުރުވީ އެއްޗަކީ ޕޮޒިޓިވް ކޭސްތައް ކަމަށެވެ. އަދި ކޭސްތައް މަދުކޮށް ނައިފަރު ޢާއްމު ޙާލަތަށް ގެނައުމަށް ސަރުކާރުން އެދެވޭ މަސައްކަތެއް ކުރާތަން ނުގެންނަ ކަމަށާއި މިޙާލަތުގައި ބޭނުންވާ މުޙިއްމު ވަޞީލަތްތައް އަދިވެސް ފޯރުކޮށް ނުދެވޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައިވަނީ މުޢައްސަސާތަކުގެ މުޢައްޒަފުންގެ ތެރެއިން ޚާއްޞަކޮށް ސިއްޙީ ދާޢިރާގެ ކުރީސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކެއް ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބި ކަމަށެވެ. އޭގެ ސަބަބުން މަސައްކަތްކުރައްވާ މަދު މުޢައްޒަފުންކޮޅު ވަރުބަލިވެ ރަނގަޅަށް ޚިދުމަތްފޯރުކޮށް ނުދެވޭހިސާބަށް ޙާލަތު ގޯސްކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

“އެހެން ރަށްރަށަށް ދަތިވާ ޙާލަތްތަކުގައި ޅ. އަތޮޅު ހޮސްޕިޓަލުން އެހެން ރަށްރަށަށް މުއައްޒަފުން ފޮނުވޭ އުސޫލުން މިޙާލަތުގައި ކީއްވެތޯ ހެލްތުމިނިސްޓުރީއަށް ނައިފަރުގެ ޙާލަތު ނޭންގިގެން މިއުޅެނީ. ނައިފަރުގެ ދޭދޭ މުޢައްސަސާ ތަކުގެ ސިޔާސީ ވެރިންގެ މެދުގައިހުރި ޒާތީ މައްސަލަތައް ކޮވިޑުގެ ޙާލަތައްވުރެ ގޯސްކަމަށް ފެނޭ. ޝަކުވާތަކަށް ޙައްލު ނުހޯދި މިހާދުވަސްވާންޖެހޭ ސަބަބެއް ނުވިސްނޭ. މުޢައްސަސާތަކުގެ ސިޔާސީވެރިން މުޖުތަމަޢުގެ މަސްލަޙަތު ކުރިޔަށް ނެރުއްވާ މަސައްކަތްކުރެއްވުމަށް ނުހަނު ޢަދަބު އިޙުތިރާމާއި އެކު ޢިލްތިމާސް ކުރަން،” އޭނާ ވިދާޅުވެފައިވެއެވެ.

ކޮވިޑުގެ ސަބަބުން އެރަށުގެ ރައްޔިތުން ކަންބޮޑުވާ 4 ކަމެއް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: