ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިހާކުރު ފުޅި ވަގަށް ނެގި މީހާގެ ނަން ހާމަކުރާއިރު، ބޮޑު ވައްކަމުގެ ބައިވެރިންގެ ނަން ހާމަނުކުރަނީ ހިމާޔަތްކުރަން: ދުންޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރިހާކުރު ފުޅި ވަގަށް ނެގި މީހާގެ ނަން ހާމަކުރާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގެ ބައިވެރިންގެ ނަންތައް ހާމަނުކުރަނީ ވަކި ބަޔަކު ހިމާޔަތްކުރުމަށްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިފަދައިން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ލިސްޓް އާންމު ކުރުމަށް ގޮވުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައި ވަނިކޮށެވެ.

އެގޮތުން ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިހާކުރު ފުޅި ވަގަށްނެގި ކަމުގު ތުހުމަތު ކުރެވޭ ފަރާތުގެ ނަން ހާމަކޮށް، ފޮޓޯ ނޫހުގައި ޖަހާއިރު، ދިވެހިރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ވައްކަމުގެ ބައިވެރިންގެ ލިސްޓު ހާމަކުރުމާ މެދު މިފަދަ ބަހަނާ ދައްކަނީމި ކޮންމެވެސް ބައެއް ހިމާޔަތްކުރުމަށްކަމަށް ޝައްކުކުރެވޭ ކަމަށެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވެފައިވާ މީހުންގެ ލިސްޓް 241 ކޮމިޓީއަށް މިދިޔަ ބްރާސްފަތި ދުވަހު ދީފައިވާއިރު، ކުއްލި ގޮތަކަށް ހަސަން ލަތީފްގެ ވާހަކަ ބަދަލުވުމުން ގިނަ ބަޔަކު އަންނަނީ އެކަން ސޯޝަލްމީޑިއާގައި ފާހަގަކޮށް އެކަމަށް ފާޑުކިޔަމުންނެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާ ނެގިކަމަށް ތުހުމަތުކުރެވޭ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތައް، ތަހުގީގު ނުނިމުނަސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުއްﷲ ވަނީ ހުށަހަޅާފައެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: