ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގެ ފައިސާ ލިބިފައިވާނަމަ ވަގުތުން އިސްތިއުފާ ދިނީމުސް: ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ އެއްވެސް މިންވަރަކަށް ލިބިފައިވާނަމަ ވަގުތުން އިސްތިއުފާ ދެއްވީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ނަންތަކުގެ މައްޗަށް އެކުލެވޭ ލިސްޓެއް ކަމަަށް ބުނެ އާންމުވެފައިވާއިރު އެ ލިސްޓުގައި ޝަރީފުގެ ނަންފުޅު ހިމެނިފައިވެއެވެ.

އެގޮތުން ޝަރީފަށް 88 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި، މުޙައްމަދު ޙުސައިން (މޮހޯ)އާއި ޢައްލާމް ލަޠީފުގެ އިތުރުން އަލީ އިޝްފާހުގެ ބަޔާނުގައި ބުނެފައިވެއެވެ.

މިކަން ދޮގުކުރައްވައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާނާތުގެ އެއްވެސް ފައިސާއެއް ލިބިފައިވާނަމަ ވަގުތުން އިސްތިއުފާ ދިނީމުސް ކަމަށެވެ.

“ވަކި މީހަކަށް ޓާގެޓްކޮށްގެން ސިޔާސީ ބޭނުމަށް ކޮށްފައިވާ ކަމެއް ތިޔައީ. މަޖިލިސްގައި އަޅުގަނޑު ވޯޓް ދީފައިވާނީ އަޅުގަނޑުގެ ޕާޓީގެ ވިޕްއާއި އެއްގޮތަށް. ރެކޯޑް ބައްލަވާ ލެއްވީމަ އެކަން ސާފުވާނެ.” ޝަރީފް ވިދާޅުވިއެވެ.

ލީކުވެފައިވާ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގައި ވެރިކަންކުރާ އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ އިތުރަށް އިދިކޮޅު ޕީޕީއެމްގެ ބައެއް އިސްވެރިންގެ ނަންފުޅުތައްވެސް ހިމެނެއެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަރަށް ގިނަ މެންބަރުންވެސް އެ ލިސްޓުގައި ހިމެނެއެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 10%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: