ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު ޓްވީޓް ކުރައްވައިފި

ރައީސް ނަޝީދު އޭޑިކޭގެ ނަރުހުންނާއެކު ނަގާފައިވާ ފޮޓޯއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮން ގޮއްވާލި ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް ރައީސް މުހައްމަދު ނަޝީދު ޓްވީޓް ކުރައްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާއަށްފަހު ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއްފަހުން މިރޭ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް މަރުހަބާއި ޝުކުރު ދަންނަވާފައެވެ.

“މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން ތިޔަ ބޭފުޅުން ތި އެދިވަޑައިގަންނަވާ ހެޔޮ ވެރިކަން ހޯދައިދިނުމުގައި ދެމި ހުންނާނަން” ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވަނީ ފިތުރު އީދުގެ ތަހުނިޔާ ވެސް ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ.

މިމަހުގެ ހަވަނަ ދުވަހުގެ ރޭގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް ގިނަ ޒަހަމުތަކެއް ލިބިވަޑައިގެންފައިވާއިރު ހަތަރު ސާޖަރީއެއް ހައްދަވަން ޖެހިވަޑައިގަތެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ފުރާނަފުޅަށް ހަމަލާގެ ސަބަބުން ވަރަށް ބޮޑަށް ނުރައްކާވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދަށް އިތުރު ފަރުވާ ދިނުމަށް މާދަމާ ޖަރުމަނަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 56%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: