ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ދަރިކަނބަލުގެ ތުހުމަތު މިފަހަރު ރައީސް ސޯލިހާއި ޝާހިދަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާއި ގުޅޭ ތުހުމަތުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ކުރައްވައިފިއެވެ.

އެކި ތުހުމަތުތައް އެމްޑީޕީގެ އިސް އެކި ބޭފުޅުންނަށް ކުރެވެމުން އަންނައިރު، މިނިސްޓަރ ޝާހިދަށް ޝައްކު ކުރެވޭކަމަށް ބުނެ މީރާ ރޭގެ ވަގުތެއްގައި ވަނީ ޓުވީޓުކުރައްވާފައެވެ. މިނިސްޓަރ ޝާހިދުގެ ކިބައިން ޝައްކުކުރެވޭ ބައެއް ކަންކަން ފެންނަމުންދާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އިތުބާރު ނުކުރެއްވޭ ކަމަށް މިރާ ވިދާޅުވި އެވެ. އަދި މިފަދަ ބޮޑު ލިސްޓެއް އޮންނާނެކަމަށް ޓުވީޓުގައިވެ އެވެ.

މިމަހުގެ 06 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާއި ގުޅޭ ތުހުމަތުތައް ރައީސް ނަޝީދަށް ތާއީދުކުރާ މީހުން އެންމެ ފުރަތަމަ ކުރީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަށެވެ. އަދި މިއީ މިނިސްޓަރ މާރިޔާގެ ބޮޑު ފެއިލިޔާއެއް ކަމަށާއި މާރިޔާ މަގާމުން އިސްތިއުފާ ދޭންޖެހޭކަން ރައީސް ނަޝީދާއި އަރިސް ބޭފުޅުން އައި ފާހަގަ ކުރަމުންނެވެ. އެ އަޑުތައް ސޯޝަލް މީޑިއާގައި ވަނީ ގަދަވެފަ އެވެ.

މިނިސްޓަރ މާރިޔާއަށް އިޝާރާތްކުރައްވައި ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ވިދާޅުވީ މާރިޔާ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މިހާތަނަށް އައިއިރުވެސް ހުންނެވީ ކީއްވެކަން ސާފު ނުވާކަމަށެވެ. އަދި މާރިޔާ އާއި، ރައީސް ނަޝީދު ގުޅުން ބާއްވަނީ ކޮން ސަބަބާއި ހުރެކަން ނުވިސްނޭ ކަމަށާއި އެއީ ރައީސް ނަޝީދު ހައްދަވާ ގޯހެއްގެ ގޮތުގައި މީރާ ސިފަ ކުރެއްވި އެވެ. މާރިޔާއަށް ފާޑުވިދާޅުވެ މީރާ ވިދާޅުވީ، 2001 ވަނަ އަހަރު ވެލާނާގެ މައްސަލާގައި ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުވާ ކުރި ދުވަސްވަރު، ރައީސް ނަޝީދުގެ މައްޗަށް ވައްކަމުގެ ތުހުމަތުތައް ކުރެއްވި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައީސް ނަޝީދުގެ ދެވަނަ ދަރިކަނބަލުން އުފަންވި ވަގުތު ހޮސްޕިޓަލުގައި ހުންނެވުމުގެ ފުރުސަތު ލިބިނުލައްވާ ކަމަށާއި، ހޮސްޕިޓަލަށް ވަޑައިގަތުމުގެ ހުއްދަ ލިބިލެއްވީ އެންމެ ގަޑިއިރަކަށް ކަމަށް މީރާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ނަން ހާމަ ކުރައްވައި، ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބުނުކަން މާރިޔާ ވަނީ ރާއްޖޭގެ މީޑިއާއަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. އެ ވާހަކަ މެމްބަރާއި ދެމެދު ދެކެވުނު ގޮތް ވެސް މާރިޔާ އެ މީީޑިއާއާއި ހިއްސާ ކުރެއްވި އެވެ.

އެހެން ނަމަވެސް، އެޚަބަރުގައި މިނިސްޓަރ މާރިޔާއާއި ހަވާލާދީ ލިޔެފައިވާ ބައެއް ވާހަކަތައް ދޮގު ކުރައްވައި، އޭގެ ޖެހިގެން އައި ދުވަހު އިލްޔާސް ބަޔާނެއް އާއްމު ކުރެއްވި އެވެ. އެގޮތުން މިނިސްޓަރާއި އެ ވާހަކަ ހިއްސާ ކުރެއްވުމުން ސީޕީ މުހައްމަދު ހަމީދަށް އެވާހަކަ އެންގުމަށް ދެންނެވިކަމަށް ޚަބަރުގައި ބުނެފައި އޮތަސް، އެކަން އިލްޔާސް ދޮގު ކުރެ އެވެ. އަދި ޒިންމާދާރު މަގާމެއްގައި ހުރެގެން، ތަހުގީގު ހިނގަމުންދާ މައްސަލައެއްގެ މައުލޫމާތު މީޑިއާއެއް މެދުވެރިކޮށް ހިއްސާ ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި މެމްބަރު އިލްޔާސް ފާހަގަ ކުރެއްވި އެވެ.

މިކަމުގެ ސަބަބުން އިލްޔާސްއަށް ގެއްލުމެއް ދިނުމަށްވެސް މަސައްކަތްތަކެއް ކޮށްފާނެކަމަށްވެސް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

މިނިސްޓަރ މާރިޔާއާއި ހަވާލާދީ އާންމުކޮށްފައިވާ ޚަބަރުގައި ހިމަނާފައިވާ ވާހަކަތަކާއި މެމްބަރު އިލްޔާސް އާންމުކުރެއްވި ބަޔާނުގައި ދިމާނުވާ ބައެއް ވާހަކަތައް ހުރިއިރު، ރައީސް ނަޝީދުގެ ދަރިކަންބަލުން ވަނީ މެމްބަރު އިލްޔާސް ދައްކަވާ ވާހަކަތައް ގަބޫލު ކުރައްވާކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަން ނުވަތަ ހަމަލާއާއި ގުޅޭ އެއްވެސް އިންޓެލް މައުލޫމާތެއް ޑިފެންސް މިނިސްޓްރީއަށް ވެސް، އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށްވެސް ލިބިފައިނުވާކަމަށް އެކި ފަހަރުމަތިން ހާމަކޮށްފައިވާއިރު، މެމްބަރު އިލްޔާސް ދެއްވި މައުލޫމާތުތަކަކީ ސީދާ އެހަމަލާއާއި ގުޅުންހުރި “ކްރެޑިބަލް، އެކްޝަނަބަލް އިންޓެލިޖެންސް” އެއް ނޫންކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، ތިން މިލިއަން ޑޮލަރަށް ރައީސް ނަޝިދު އަވަހާރަކޮށްލުމަށް މަސައްކަތްކުރަމުން އަންނަކަމުގެ މައުލޫމާތު ލިބުނުކަމަށް އިލްޔާސް ވިދާޅުވިކަމަށް، ޑިފެންސް މިނިސްޓަރުވެސް ވަނީ ވިދާޅުވެފައެވެ.

ހަމަލާގެ ފަހަތުގައިވަނީ ސީދާ ކޮން މަގްސަދެއްކަން މިހާތަނަށް އައިރު ތަހުގީގަށް ހާމަނުވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފައިވާއިރު، އިންޓެލް އިންކުއަރީއަކާއި ރައީސް ނަޝީދުގެ ސެކިޔުރިޓީ އެސެސްމަންޓްއެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ އަންގަވާފައެވެ.

ހަމަލާއާއި ގުޅިގެން ލިބުނު ފަރުވާތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު، އިތުރު ފަރުވާ ހޯދުމަށް މިވަގުތު ހުންނެވީ ޖަރުމަންވިލާތުގައެވެ. އަދި ރައީސް ނަޝީދުގެ ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ކުރެއްވުމަށް ހަމަޖެހިފައިވަނީ ޖަރުމަން ވިލާތުގައި ހުންނަވާ ރާއްޖޭގެ އޮންރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މައި ލޭޑީ! މިހާރު ތިޔަ ދަތުރު ކުރައްވަނީ ގޯސް މިސްރާބަކަށް.
    އަދިވެސް ހައްލަކަށްަ އަންނައުނު ހިޔާރު ކުރައްވާ!
    ކޯފާ އިސް ނުކިރައްވަވާ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: