ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ދާނަން”

ކުރީގެ ރައީސް ނަޝީދު، އަސްލަމްއާ ސަލާމް ކުރައްވަނީ— ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު ބައިބައި ކުރުމަށް ކުރަމުންދާ މަަސައްކަތާ ދެކޮޅަށް މުޅި ގައުމު ތެދުވަން ޖެހޭ ކަމަަށެވެ. އަދި ހައްދުފަހަމަ ފަހަނަ އަޅައި ދިއުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި ގައުމުގެ ދަރީންގެ މުސްތަގުބަލަށްޓަކާ ނަމަވެސް އެކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

“މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާގެ އެންމެ ފުނަށް ދިޔުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން.” އަސްލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުން ހިންގަވާފައި ވަޑައިގެން މަޖިީދީ މަގުގައި އޮތް ކާރުކޮޅަށް އާރަވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

ހަމަލައާއި ގުޅިގެން ކުޑައިރުކޮޅެއްގެ ތެރޭގައި އެމަނިކުފާނު އޭޑީކޭ އަށް ގެންގޮސް ފަރުވާ ދޭން ފެށި އެވެ. އޭގެ ފަހުން އެއް ހަފްތާ ވަންދެން އޭޑީކޭގައި ރައީސް ނަޝީދަށް ފަރުވާ ދިނުމަށްފަހު މިދިޔަ ހުކުރު ދުވަހު އެމަނިކުފާނު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނަށް ގެންގޮސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: