ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެގެ ކައުންސިލަރުން ހުވާކުރުން އޮންލައިންކޮށް ބާއްވަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެސިޓި ކައުންސިލަށް އިންތިހާބުވެފައިވާ ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ބޭއްވުމަށް ނިންމައިފިއެވެ.

ސިޓީ ކައުންސިލުން އިއްޔެ ބުނީ މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހޮވި ވަޑައިގެންފައިވާ އިންތިހާބީ މޭޔަރާއި އިންތިހާބީ ކައުންސިލަރުން މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަތަރުވަނަ ދައުރަށް ހޮވި ވަޑައިގެންނެވި މެމްބަރުން އިގުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ސަލްޓަން ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް މާލެސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައިވަނީ އެކަން މިހާރު ބަދަލުކޮށްފައިވާކަން ހާމަކަޮށްފައެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ މާލެސިޓީ ކައުންސިލަރުން ހުވާކުރުމުގެ ރިސްމިއްޔާތު ބާއްވާނީ މާދަމާ ހެނދުނު 09:00 ގައި އޮންލައިންކޮށް ކަމަށެވެ.

ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން ގިނަ ބަޔަކު އެއްވެގެން ހިންގާ ހުރިހާ ހަރަކާތްތަކެއް ވަނީ މަނާ ކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: