ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ހަމަލާދިން ސަރަހައްދު ފުލުހުން އަނެއްކާވެސް ބަންދުކޮށްފި

ނަޝީދަށް ހަމަލާދިން ސަރަހައްދު ފުލުހުން ބަންދުކޮށްފައި— ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ހަމަލާދިން ސަރަހައްދު ފުލުހުން އަނެއްކާވެސް ބަންދު ކޮށްފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުން ހިންގަވާފައި ވަޑައިގެން މަޖިީދީ މަގުގައި އޮތް ކާރުކޮޅަށް އާރަވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. އެ ސަރަހައްދު ހުޅުވާލުމަށްފަހު ފުލުހުން މިއަދު އަނެއްކާވެސް އަންނަނީ އެ ސަރަހައްދު ބަންދުކޮށް މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިކަމާ ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ގިނަ ޒަހަމްތަކެއް ލިބިފައިވާއިރު، އޭޑީކޭ އިން ފަރުވާ ހޯއްދެވުމަށްފަހު މިހާރު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނަށް ގެންދެވިފައެވެ.

ރައީސް ނަޝީދަށް ފަރުވާ ދެއްވި އޭޑީކޭގެ ޑޮކްޓަރުން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އައިއީޑީގެ ބާރުގަދަ ކުރަން ބޭނުންކޮށްފައި ހުރި ބައެއް ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިގަނޑުގެ އެތެރެއަށް ވަދެ ގޮހޮރަށް ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި އެތަނުން އެއް ރޭޒަ ފުށް ހިތާ ވަރަށް ގާތަށް ގޮސްފައި އިން ކަމަށާއި ހިތަށް ގެއްްލުންވި ނަމަ ފުރާނައަށް އަސަރުކުރާނެ ކަމުގައިވެސް ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: