ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ ބިން ހިފައިގެން ތިބި އިޒްރޭލުގެ މީހުން ފަލަސްތީނަށް ދެމުން ގެންދާ އިހާނެތި އަނިޔާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ދިވެހި ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިހެން ގޮވާލީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ ވަރޗުއަލް ބައްދަލުވުމުގައި މިއަދު ރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ސަޢޫދީ ޢަރަބިއްޔާގެ އިސްނެގުމަކަށް ބޭއްވި މިބައްދަލުވުމަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ދެމުންދާ ވަރުގަދަ އުދުވާނީ ހަމަލާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، އިސްރާއީލް ސިފައިން ހިފާފައިވާ އިރުމަތީ ޤުދުސް އަދި ޣައްޒާގައި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ދެމުންދާ ނުރައްކާތެރި ޙަމަލާތައް ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފެއެވެ. އަދި މެދުއިރުމަތީގެ ސުލްހަޔަށް އޮތް ހަމައެކަނި ހައްލަކީ 1967ވަނަ އަހަރު ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ ސަރަޙައްދީ މިންގަނޑުތަކުގެ މައްޗަށް އެކަށައެޅޭ ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ވަކި ދެދައުލަތް ޤާއިމްކުރުން ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ބަލައިގަންނަންޖެހޭކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޝެއިޚް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި މަސްޖިދުލްއަޤްޞާގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ޙަމަލާދިނުމާއި މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއްކަމަށް ވިދާޅުވެ މިއަމަލުތައް ހަރުކަށި އިބާރާތުން ރާއްޖޭގެ ފަރާތުން ވަނީ ކުށްވެރިކޮށްފައެވެ.

އޯ.އައި.ސީގެ ބައްދަލުވުން ނިންމާލާފައިވަނީ ހަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާ އަދި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކާ ހިލާފުވެފައިވާތީ އެކަން ކުށްވެރިކޮށް ބަޔާނެއް އެކުލަވާލުމަށްފަހުއެވެ. 57 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ އޯ.އައި.ސީއިން ގެންދަނީ މެދުނުކެނޑި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށް “ޓޫ ސްޓޭޓް ސޮލިއުޝަން”އަށް ގޮވާލަމުންނެވެ.

އިސްރާއީލުގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ދުނިޔޭގެ އެކިކަންކޮޅުތަކުން ދަނީ ކުށްވެރި ކުރަމުންނެވެ. އިސްރާއީލުން ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ދަނީ ޤަތުލުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މިފަހަރު މޯދީކަޓާނެ . އަރާނަރުގަޑުގަ ޖެހޭނެ . އިބްރޭވައްޓާނުލާނެ ކަމެއްވެސްނޭގޭ . މޯދީނެއްޓިއަސް އިޒްރޭލްގެ ހަމަލާތައް ކުށްވެރި ކުރީތީޝުކުރިއްޔާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: