ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިންހަމަލާގެ މައްސަލަ އެޖެންޑާކޮށް، މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިންމައި، އެޖެންޑާ އާންމުކޮށްފި އެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ މަޖިލީހުގެ ރައީސްގެ މޭޖުން ހުށަހަޅާ ކަންކަމުގެ ތެރެއިން ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހަޅާ މައްސަލަ އެވެ.

އެއަށްފަހު ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރެރިސްޓް ހަމަލާއާގުޅޭގޮތުން ޚާއްޞަ މައްސަލަ ދިރާސާކުރާ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުން އޮންނާނެކަމަށް އެޖެންޑާގައިވެއެވެ. މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފަިއވަނީ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އެވެ.

ފުރަތަމަ ދައުރުގެ ޖަލްސާތަކަށްފަހު މަޖިލިސް ޗުއްޓީގައި ރައީސް ނަޝީދަށް ހަމަލާދިނުމާއި ގުޅިގެން ވަނީ ޖަލްސާއެއް ބާއްވާފައެވެ.

މަޖިލީހުގެ ރައީސް އަށް ދެވުނު މި ޓެރަރިސްޓް ހަމަލާއާ ގުޅިގެން 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިއްޔެ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އެއަމަލަކީ މުޖުތަމައުގައި އެއްބައިވަންތަކަން ގެއްލިގެންދާ ކަމެއް ކަމަށާއި ހަރުކަށި ފިކުރާއި ދެކޮޅަށް އެންމެން އެކުގައި ތެދުވާން ޖެހޭ ކަަމަށް ވިދާޅުވެފައެވެ.

މިމަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ކުރުނބާގައި އޮތް ބައްދަލުވުމަކަށް ވަޑައިގަންނަވަން، ގެއިން ނިކުމެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެންނެވެ.

ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ އެއީ ސީދާ އެމަނިކުފާނަށް އަމާޒުކޮށް ގޮއްވާލި އެއްޗެއް ކަމަށެވެ. މިމައްސަލައިގެ ތަހުގީގަށް ފުލުހުން މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ.  މި ހަމަލާގެ ފަހަތުގައި ވަނީ ދީނީ ހަރުކަށި ފިކުރުގެ ފަރާތްތައް ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: