ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމަށް ގެނެވުނު އިސްލާހުތައް ތަންފީޒުކުރުމުގެ ބޮޑެތި ޒިންމާތަކެއް އާ ކައުންސިލްތަކަށް އޮންނާނެ: އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާހުތައް ތަންފީޒުކުރުމުގެ ބޮޑެތި ޒިންމާތަކެއް އާ ކައުންސިލްތަކަށް އޮންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ކައުންސިލްތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުން މިއަދު ހުވާ ކުރެއްވުމާ ގުޅިގެން އެ ފަރާތްތަކަށް މަރުހަބާ ދަންނަނަވާ ކުރެއްވި ޓްވީޓެއްގައެވެ.

“ލާމަރުކަޒީ ގާނޫނަށް ގެނެވުނު މުހިންމު އިސްލާހުތަކާއެކު، ހަތަރުވަނަ ދައުރަށް އިންތިހާބުވެ މަގާމާ ހަވާލުވެވަޑައިގެންނެވި ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނަށް މަރުހަބާ. ނިޒާމަށް ގެނެވުނު އިސްލާހުތައް ތަންފީޒުކުރުމުގެ ބޮޑެތި ޒިންމާތަކެއް އާ ކައުންސިލްތަކަށް އޮންނާނެ.” އިމްރާން ވިދާޅުވިއެވެ.

މިއަދު ގިނަ ކައުންސިލަރުން މަގާމްގެ ހުވާ ކުރައްވާފައިވަނީ، އޮންލައިންކޮށް ބޭއްވުނު ރަސްމިއްޔާތުތަކުގައެވެ. އެހެންނަމަވެސް، މަދު ރަށްތަކެއްގައި، އާންމު ރައްޔިތުންނަށް ވަނުން މަނާކޮށް، ކައުންސިލަރުން ހާޒިރުވެ ތިބެގެން، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެޅިފައިވާ ފިޔަވަޅުތަކާއެކު، ބޭއްވުނު ރަސްމިއްޔާތު ތަކުގައިވެސް ބައެއް ކައުންސިލަރުން ހުވާ ކުރައްވާފައިވެއެވެ. ކައުންސިލަރުންގެ ހުވާ ލާ ދެއްވާފައިވަނީ ރަށްރަށުގެ މެޖިސްޓެރޭޓުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: