ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ރޯދަ ހިފާކަން އެނގުމުންވެސް، އަދިވެސް ގޮވަނީ ލާދީނީއަށް: ދޮންބިލެތް

ބިލެތްދޫ ދާއިރާގެ މެމްބަރު އާދަމް ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ބައެއް ދިވެހިން ބޭނުންވާ ހުރިހާ އެއްޗެއް ގޮވަން ހުންނަ ބޭފުޅަކަށްވެ ނިމިއްޖެކަަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

މިއަދު ޖަލްސާގައި ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅޭގޮތުން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއިން ފާސްކުރި ކޮމެޓީ ރިޕޯޓަށް ބަހުސްކުރައްވަމުން ހަލީމް ވިދާޅުވީ ރައީސް ނަޝީދާއި ދިމާލަށް ހިތުހުރި އެއްޗެއް ކިޔޭފަދަ ގޮތަކަށް ކަންކަން ވަމުން އަންނަކަމަށެވެ. އެގޮތުން އެއް މުސްލިމަކު އަނެއް މުސްލިމަކަށް ކިޔަން ހެޔޮނުވާ ވަރުގެ އެއްޗެހި މިހާރު ރައީސް ނަޝީދަށް އަމާޒުކޮށް ކިޔަމުން އަންނަކަމަށް ވިދާޅުވިއެވެ.

މެމްބަރު ހަލީމް ވިދާޅުވީ ލާދީނީ މިބަސްވެސް އާންމުވެ، ލާދީނީއޭ ބުނެފިނަމަ އެއީ ރައީސް ނަޝީދަށްވެ ނިމިއްޖެކަމަށެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިޝާރާތްކުރައްވައި، 30 އަހަރުވަންދެން ވެރިކަން ކުރެއްވި ބޭފުޅަކު މީހުން އެއްކޮށްފައި އިސްލާމީ މަރުކަޒު ތަޅާލާފައި ފައްޅި އަޅަން ރައީސް ނަޝީދު ތައްޔާރުވާކަމަށްވެސް ވިދާޅުވި ކަމަށެވެ. އަދި އެވާހަކަ ގަބޫލުކުރާ މީހުންވެސް އުޅޭކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ ވަރަށް ކުޑައިރުއްސުރެ ރައީސް ނަޝީދުގެ އާއިލީ ބޭފުޅުން ދަންނަކަމަށާއި ދުވަހަކުވެސް ލާދީނީ ކަމެއް ފެނިފައި ނުވާ ކަމަށެވެ. ރައީސް ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅުވެސް އަދި އާއިލާ އެހެން ބޭފުޅުންވެސް ނަމާދުކޮށް، ރޯދަވެެސް ހިފާ ކަމަށެވެ. އަދި މިފަހަރު މިދިން ހަމަލާގައިވެސް ރައީސް ނަޝީދުގެ ގޮހޮރަށް އަރާފައި ހުރި ވަޒަންތައް ނެގިއިރު އިތުރު ގެއްލުންތަކެއް ނުވީ ރޯދައަށް ހުރުމުގެ ސަބަބުން ގޮހޮރު ފުރިފައި ނެތުމުންކަމަށް ޑޮކްޓަރުންވެސް ވިދާޅުވާކަމަށެވެ. އެކަމަކު “ލާދީނީ” އެނަން މީހެއްގެ ބޮލުގައި އަޅުވަންވެއްޖިއްޔާ ފެންނަނީ ރައީސް ނަޝީދުކަމަށް ހަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ހަލީމް ވިދާޅުވީ މިހަމަލާ ހިނގާދިޔަ ގޮތް ބަލަންޖެހޭކަމަށެވެ. އެހެންނަމަވެސް، ތަހުގީގަށް ފާރަވެރިވުމަކީ އެއަށްވުރެ މާ މުހިންމުކަމެއްގެ ގޮތުގައި ހަލީމް ފާހަގަކުރެއްވިއެވެ.

ހާދިސާ ހިނގި ވަގުތުން ފެށިގެން 241 ކޮމެޓީއިން ބުރަ މަސައްކަތްތަކެއް ކުރި ކަމަށާއި ރައްޔިތުންގެ މަޖިލީހުންވެސް އެވަގުތުން ފެށިގެން މަސައްކަތް ފެށިކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދަށާއި ޖުމްލަކޮށް މިގައުމަށް އިންސާފު ހޯދައިދިނުމަށް މަޖިލީހުން ކުރި މަސައްކަތް ފާހަގަކުރެވޭ ކަމަށާއި ޚާއްސަކޮށް ޕާޓީގެ ޗެއަރޕަރސަން ހަސަން ލަތީފްގެ މަސައްކަތް ފާހަގަކުރެވޭކަމަށް ވިދާޅުވިއެވެ.

“މިރާއްޖޭގައި ކަންކަން ހިނގާފަ ހުރި ވަރަށް ބިރުވެރިކޮށް. އެއްވެސް މަރަކަށް މިހާތަނަށް އިންސާފު ލިބިފައެއް ނެތް” ހަލީމް

ހަލީމް ވިދާޅުވީ، މިމައްސަލައިގެ އެންމެ ފުނަށް ނުގޮސް ތަހުގީގު ނިންމާލައި ދޫކޮށްލައިފިނަމަ ގައުމު އެއްކޮށް ހަލާކުވެގެންދާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އިންސާފު ހޯދަން، ތަހުގީގަށް ފާރަވެރިވުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

މިމައްސަލަ ތަހުގީގުނުކޮށް ދޫކޮށްލައިފިނަމަ، މާލެ ތެރޭގައި ފުރަތަމަ ވަޅިން ހަމަލާ ދިނުމުން ކަންތައް ވީގޮތަށް ވާނެކަމަށް ވިދާޅުވިއެވެ. ވަޅިން ހަމަލާދިނުމުން އެކަމަށް ފިޔަވަޅެއް ނޭޅުމުގެ ނަތީޖާއަކަށްވީ، އެކަން އާންމުވެގެން ދިޔުންކަމަށް ވިދާޅުވިއެވެ. އަދި މިހާރު ވަޅިން މީހަކަށް ހަމަލާ ދިނުމަކީ މީހަކު ކޮފީއަކަށް ދިޔުން ފަދަ އާންމުކަމަކަށް ވެއްޖެކަމަށް ހަލީމް ވިދާޅުވިއެވެ.

އެފަދަ ކުށްތައް ފަދައިން ބޮން ގޮއްވައި ހަމަލާ ދިނުން އާންމުވެއްޖެނަމަ ރާއްޖެ ހޯދައި ނުފެންނާނެކަމަށާއި އެތައް ގޮތަކުން ރާއްޖެއަށް ގެއްލުންވަމުންދާނެކަމަށް ވިދާޅުވިއެވެ. އަދި ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ބޮމުގެ ހަމަލާތައް ފަދައިން ރާއްޖޭގެ ދެތިން ހިސާބެއްގައި އެއްޗެއް ގޮއްވާލައި ހަމަލާދިންކަމުގައިވިޔަސް، ރާއްޖެއަށް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާންޖެހޭނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އެކަންކަމުން ރާއްޖެ ސަލާމަތްކުރުމަށް މިހަމަލާ ތަހުގީގުކޮށް އިންސާފު ގާއިމްކުރަންޖެހޭކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
26%ވަރަށް ގަދަ 16%ވަރަށް ގަޔާވޭ 16%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 26%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

6 Responses

  1. ްަހައްހައްހާ މޮޔައިންތަ މިރާއްޖޭގަތިބީ ރޯދަވިއްލާނެ 18:16 ގަ ތިޔަބުނާއެއްޗެއްގޮވީ 20:30 ގަ އެހާއިރު ގޮހޮރު ހުސްވާނީ ކޮންމެސް ނުގޮޅޭ އެއްޗެއްބޮވިގެން ހޮޑުލެވުނީމަ�����

  2. ނަޝީދު ރޭގަޑު ރޯދައަށް ހުންނަކަން މިއިނގުނީ ޑަކްޓަރުން ނާ ދޮނއބިލެއް ހަލީމް ބުނީމަ. ހަބަރު ލިއުއްވި ބޭފުޅާ ޑޮކްޓަރުން ނާއި ދޮންބިލެއް އަހަމަދު ގާތުގައި އަހާލަދީބަލަ ރޭގަޑު ރޯދަހިފާގޮތް..އަދި ޝެއިޚް ހުސޭނުގާތުގައި އަހައިގެން އޮޅުންފިލުވާލަ ދީބަލަ ހުސޭނު ކޮންފޮތަކުން ތޯ ރޭގަޑު ރޯދައަށް ހުންނަމީހަން ކަންކުރަންވީ ގޮތް އިގޭނީ

  3. ހިންދޫންވެސް ބުޑިސްޓުންވެސް ޔަހޫދީންނާއި ނަސާރާއިންވެސް ރޯދަ ހިފައޭ ކަލޯ! ނޭނގޭ ކަމެއް ދޯ އެއީ.
    މިތާ ހުންނަ އިނގިރޭސި ސަފީރު މީހާވެސް ރޯދަ ހިފާ ވާހަކަ ނޫސްތަކުގަ ޖަހާފަ އޮތެއްނު.

  4. ރޯދަ ހިފާފަ ބަނގުރާ ފޮދެއް ހިއްޕަވައިގެން ރޯދަ ވީއްލިޔަސް ހަމަ އެއީ ހުއްދަ ކަމެއްތޯ؟ ނަޝީދަށް އެނގޭނެ އައްޑޫ ހެރެތެރެ ރިސޯޓްގައި ރޯދަ ވީއްލި ހަނދާން !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: