ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭއިން މިރޭ އާއްމުކުރި ތަފާސްހިސާބުގައި 838 ބެކްލޮގް ކޭސް!

އެޗްޕީއޭއިން މާލެ ތެރޭގައި ސާމްޕަލްތައް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި ނަންބަރުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބެކްލޮގް ކޭސްތަކެއް ހިމެނިއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގުނު ސާމްޕަލްތަކުގެ އަދަދު 4،480 އަށް އަރައެވެ. އަދި ޗާޓުގައި ވާ ގޮތުން ބައްޔަށް 1،433 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. މީގެ ތެރޭގައި އާދީއްތަ ދުވަހުގެ 06:00 އިން ފެށިގެން ހޯމަ ދުވަހުގެ 06:00 އަށް ނެގި ސާމްޕަލްތަކުން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 594 މީހެކެވެ. އެހެންކަމުން، މި ވަގުތުގެ ތެރޭގައި ނެގި ގިނަ ސާމްޕަލްތަކުގެ ނަތީޖާ މާދަމާ ނުވަތަ، މީގެ ދެ ދުވަހެއް ފަހުން ލިބުމުގެ ފުރުސަތު ބޮޑެވެ.

ރައްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު، މި ވަގުތު ސާމްޕަލް ނަގާ ކޮންމެ ފަސް މީހަކުން އެކެއްގެ ސާމްޕަލް ބައްޔަށް ޕޮޒިޓިވްވެއެވެ. އަދި މީގެ ކުރިން ކޭސްތައް ނުދާހާ މައްޗަށް ގޮސް، ސިއްހީ ނިޒާމަށް ނުކަތާވަރަށް އަދަދުތައް ވަނީ އިތުރުވެފައެވެ. އެހެންވެ، ސާމްޕަލްތައް ޕްރޮސެސް ކުރުމުގައި ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

މި މަހުގެ 10 ދުވަހާ ހަމައަށް އެކަނި ވެސް ބެކްލޮގް ގައި 3،714 ސާމްޕަލް އެއް ހުއްޓެވެ. އެއީ ދެ ދުވަސް ނުވަތަ ހަތަރު ދުވަސް ވެފައި ހުރި ސާމްޕަލްތަކެވެ. ނަމަވެސް، އެކަމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ބެކްލޮގް ބޮޑު ބައެއް ހުރީ އައިޖީއެމްއެޗުގައި ކަމަށެވެ. އަދި އެ ކްލިއާ ކުރުމުގެ މަސައްކަތް ފެށި، މިދިޔަ ހަފްތާގެ ނިޔަލަށް އެ އަދަދު 52 އަށް މަދު ކުރެވުނެވެ.

ރާއްޖެ ކޮވިޑުން އަރައިނުގަނެވި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެންމެންގެ ވެސް ކަންބޮޑުވުމަކީ ބައްޔާއި ދެކޮޅަށް ތިން ބިލިއަން ރުފިޔާ ހަރަދުކޮށް އޭގެއިން ކުރި ފައިދާއެއް ފެންނާން ނެތުމުންނެވެ. އެންމެ ބޭނުން ޖެހުނު ވަގުތު، އެކަށީގެންވާ ސިއްހީ ވަސީލަތްތައް ނެތުމާއި ވެކްސިން ރާއްޖެއިން ހުސްވުންފަދަ މައްސަލަތައް ވަނީ ދިމާވެފަ އެވެ. އަދި އަނެއްކާވެސް ގައުމު މިވަނީ ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވެފަ އެވެ.

ކޮވިޑުގެ ސާމްޕަލް ނެގުމާއި، އަދި މީހާ ބައްޔަށް ޕޮޒިޓިވްވާކަން އެނގުމުގައި ލަސްތަކެއް ހުރިއިރު، ބައެއް މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާކަން އަންގަނީ ސާމްޕަލް ނަގާތާ ފަސް ދުވަހާއި ގާތް ވެފައިވަނިކޮށެވެ. އަދި ގޭގައި ޑައިރެކްޓު ކޮންޓެކްޓުވާ މީހުންނާއި ހައިރިސްކު މީހުންގެ ސާމްޕްލްތައް ނެގުމުގައި އިހުމާލުތައް އުޅޭކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: