ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ ޕާކިން ފީ 750 ރުފިޔާ އަށް ކުޑަ ކުރަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީ ޕާކިން ފީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 3000 ރުފިޔާއިން 750 ރުފިޔާ އަށް ކުޑަ ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި މިހާރު ޓެކްސީތަކުން ޕާކިންއަށް ދައްކާ 3،000 ރުފިޔާގެ ފީ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާކަމަށެވެ. މިއާއިއެކު ލުއިތަކެއް ލިބިގެންދާނީ އާންމު ރައްޔިތުންނަށާއި، ޓެކްސީ ކުރާ ފަރާތްތަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މިހާރު ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ނަގަމުންދަނީ އެންމެ އިންސާފުވެރި އަގުތަކެއްގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޕާކު ކުރުމަކީ މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަ ކުރައްވައި މުއިއްޒު އިތުރަށް ވިދާޅުވީ، ސިޓީ ކައުންސިލުން އެކަމަށްޓަކައި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ސަރުކާރަަށް ހުށައަޅަންޖެހޭ މުހިއްމު ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރަށްވެސް ހުށައަޅުއްވާނެކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ،

ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކައުންސިލުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން މިއަދު މާލޭ ސިޓީ ކައުންސިލުގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

 

ވަރަށް ގަދަ
20%ވަރަށް ގަދަ 80%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: