ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނަށް ދާއިމީ ސުލްހަ އޮތީ، ދެ ދައުލަތެއް ގާއިމް ކުރެވިގެން: ރައީސް ނަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނަށް އިޒްރޭލުން ހަމަލާތައް ހުއްޓި، ދާއިމަށް ސުލްހަ ގާއިމް ކުރެވޭނީ ދެ ދައުލަތެއް ގާއިމް ކުރެވިގެންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ރައްޔިތުން ފަލަސްތީނާއި އެކުގައި ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ރާއްޖޭގައި މިއަދު ވަނީ ހާއްސަ ހަރަކާތެއް ބާއްވާފަ އެވެ. ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކޮވިޑު ފެތުރެމުންދާތީ އާއި، މާލޭގައި ހަވީރުގެ 04:00 ގެ ފަހުން ކާފިއު އިއުލާނުކޮށްފައިވާތީ މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ގެތަކުގެ ބެލްކަނީ ތަކުންނާއި، ގޭ ދޮރުމަތިން ފަލަސްތީނާއި ރާއްޖޭގެ ދިދަ ހިފައިގެން ތިބެއެވެ.

“ފްރީ ފަލަސްތީން” ގެ ނަމުގައި ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި އެވެ. އޭގެ ތެރޭގައި، ފަލަސްތީނުގެ ބޮޑު ދިދަތައް ގިނަ ގެތަކުގެ ބެލްކަނީގައި އަޅުވާފައި ވެއެވެ.

ޒުވާނުންތަކެއް އިންތިޒާމު ކުރި މި ހަރަކާތުގައި ގިނަ އަދަދެއްގެ އާއްމުން ފަލަސްތީނުގެ ދިދައާއި އެކު ބައިވެރިވި އެވެ. އަދި ސޯޝަލް މީޑިއާ އެ ހަރަކާތުގެ ފޮޓޯތަކުން ވަނީ ފުރިފައެވެ.

ރައީސް ނަޝީދު މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އިޒްރޭލުން ޣައްޒާއަށް ތަކުރާރުކޮށް ބޮން އަޅާތަން ފެނުމުން ނުހަނު ކަންބޮޑުވާކަމަށެވެ. އަދި އިޒްރޭލުން މި ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށާއި ހަމަނުޖެހުންތަކަށް ނިމުމެއް އަންނަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓާލައި އިޒްރޭލުން އެ ގައުމު ހިސޯރުކޮށްފައި އޮތުމަށް ނިމުމެއް އަންނަން ޖެހޭ ކަމަށެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމުގެ މަގު ތަނަވަސްކޮށްދީ، ވިޔަފާރީގެ މުއާމަލާތްތަކަށް ފުރުސަތު ދޭންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. މި ހުރިހާ ކަމެއްގެ ދާއިމީ ހައްލަކީ ރައީސް ނަޝީދު ވިދާޅުވީ ގޮތުން ދެ ދައުލަތެއް ގާއިމްކޮށްގެން ކަމަށެވެ.

ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ޓްވީޓެއް ކުރެއްވި އެވެ. ފަލަސްތީނުގެ ދިދައެއް ޓްވީޓު ކުރައްވައި ރައީސް ވިދާޅުވީ ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ކުއްވެރިކޮށް ދުނިޔޭގެ ގައުމުތަކުން މަގުތަކަށް ނުކުމެ ދަނީ އިހުތިޖާޖުތައް ކުރަމުންނެވެ.

ބައިނަލްއަގްވާމީ މުޖުތަމައުއިން މި ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުން އަންނައިރު، އެ ގޮވާލުންތަކަށް ރައްދު ދީ އިސްރާއީލްގެ ބޮޑުވަޒީރު ވަނީ ހަމަލާތައް ހުއްޓާނުލައި ކުރިޔަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 80%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކޮން ދެދައުލަތެއް؟ ޔުރަޕުން އައި ޔަހޫދީން ފަލަސްތީނަށް ގަދަކުރިއިރު އެތާ އޮތި ފަލަސްތީނު އެކަނި…ކޮންމެހެން ދެދައުލަތް ހަދާނެ ކަމެއްނެތް…ނަޝީދުވެސް މާ އެނގިގެން އުޅޭނެކަމެއްނެތް.

  2. އިސްރާއީލަށް ވަކި ދައުލަތެއް ނުހެދިގެން އުޅެނީ ފަލަސްތީނުގެ ކުޑަކުދިންގެ ސަބަބުންތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: